އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ގއ ދެއްވަދޫއަށް ފޭސްމާސްކްތަކެއް ހަދިޔާކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ފަރާތުން މިވަގުތު ވަރަށް ހަލުވިކަމާއިއެކު ކޮވިޑް 19 ވައިރަސް ފެތުރެމުންދާ ގއ. ދެއްވަދޫއަށް 4000 ފޭސްމާސްކް ހަދިޔާކުރައްވައިފިއެވެ.
ފޭސްމާސްކްތައް ހަވާލުކުރުމަށް މިއަދު ވަނީ ޕްރޮގްރެސިވް ކޯލިޝަންގެ އޮފީހުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވަވާފައެވެ. އެ ފޭސްމާސްކްތައް ދެއްވަދޫގައި ހުންނަ އެ ކޯލިޝަންގެ ސްޓިއަރިން ކޮމިޓީއަށް އާއި ހަވާލުކުރެއްވީ، ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މީޑިއާ އޮފިޝަލް ހީނާ ވަލީދު ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ދެއްވަދޫގެ ރައްޔިތުންނަށް ހަދިޔާކުރި 4000 ފޭސްކް މާސްކް އާއި ހަވާލުވެލެއްވީ، އެ ރަށުގައި ގާއިމްކޮށްފައިވާ އެ ކޯލިޝަންގެ ސްޓިއަރިން ކޮމިޓީގެ ޓްރެޒަރާ ތައުހީދު ސަލީމް ކަމަށެވެ.




