އިންޑިއާގައި ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގުރާމް މިއަދުވަނީ ފަށައިފައި

އިންޑިއާގައި ކޮވިޑް ވެކްސިން ދޭން ފަށައިފި

އިންޑިއާގައި ކޮވިޑް ވެކްސިންދޭން މިއަދު ފަށައިފިއެވެ.

އާބާދީގެ 1.3 ބިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ދިނުމަށް އަމާޒުކޮށްފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ ސާފުކުރުމުގެ މަސައްކަތުގައި އުޅޭ މަސައްކަތްތެރި (ސެނިޓޭޝަން ވޯކަރ) އަކަށެވެ.

އިންޑިއާގައި މިއަދު ފެށި ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގުރާމް ވެގެންދާނީ މިހާތަނަށް ހިނގޭ މިފަދަ އެންމެ ބޮޑު ޕްރޮގުރާމަށެވެ. މި ޕްރޮގުރާމް ލޯންޗުކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

ވެކްސިންގެ ޑޯޒް ފުރަތަމަ ދޭ މީހުންގެ ތެރޭގައި ހެލްތުކެއާ ސްޓާފުންނާއި ފްރަންޓްލައިން މަސައްކަތްތެރިން ހިމެނެ އެވެ. ސަރުކާރުން ބުނެފައި ވަނީ އޭގެ ފަހުން ވެކްސިން ދޭނީ 50 އަހަރުން މަތީގެ މީހުންނަށް ކަމަށާއި 50 އަހަރު ފުރިފައި ނުވި ނަމަވެސް ބޮޑު ބައްޔެއްގައި އުޅެމުންދާ މީހުންނަށް ކަމަށެވެ.

ކޮރޯނާވައިރަހަށް ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އިންޑިއާ އިންނެވެ. އެ ގައުމުން 10.5 މިލިއަން މީހުން ޕޮޒިޓިވްވެފައިވާ އިރު 152,283 މީހުން ވަނީ މަރުވެފަ އެވެ.

އިންޑިއާ އިން ވަނީ ދެ ވެކްސިނަކަށް ހުއްދަ ދީފަ އެވެ. އެއީ އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފެއްދި ކޮވިޝީލްޑާއި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ބާރަތު ބަޔޯޓެކުން އުފެއްދި ކޮވެކްސިނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ