އިންދިރ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގެ ލެބޯރެޓަރީ އިން 2 ލައްކައަށްވުރެ ގިނަ ޕީސީއާރް ޓެސްޓް ހަދައިފިއެވެ.
އައި.ޖީ.އެމް.އެޗްގެ ލެބޯޓްރީގައި ކޮވިޑް ޕީސީއާރަށް ޓެސްޓު ކުރަން ފެށިފައިވަނީ 29 ފެބްރުއަރީ 2020 ގައެވެ. 07 މާރޗް 2020 ގައި ކޮވިޑް-19 ގެ ފުރަތަމަ ޕޮޒިޓިވް ކޭސް ފެނުނުފަހުން 24 ގަޑިއިރު މެދު ނުކެނޑި ކޮވިޑް ޕީ.ސީ.އާރު ޓެސްޓު ހެދުމުގެ މަސައްކަތް ދަނީ ކުރަމުނެވެ.
އެގޮތުން އެ ހޮސްޕިޓަލުން ވިދާޅުވީ، އެ ހޮސްޕިޓަލްގެ ލެބޯޓްރީގައި މިހާތަނަށް 203450 ޕީސީއާރު ޓެސްޓް ހަދާފައިވާކަމަށް ރިޕޯރޓް ކުރެވިފައިވާކަމަށެވެ.
IGMH laboratory surpasses 200,000 PCR test milestone . A total of 203450 samples has been tested and reported.
— IGMH (@igmhmv) January 17, 2021
އައި.ޖީ.އެމް.އެޗްގައި ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމުގެ މަސައްކަތް ފުރަތަމަ ފަށައިގަނެވިފައިވަނީ ޖުމްލަ 03 މުވައްޒަފުން ހިމެނޭ ޓީމަކުން ކަމަށާއި އެހެންނަމަވެސް، ބަލި ޖެހޭ މީހުންގެ ޢަދަދު ގިނަވާން ފެށުމާއި އެކު، ޕީ.ސީ.އާރު ޓެސްޓިން ޓީމްގައި ހިމެނޭ މުވައްޒަފުންގެ ޢަދަދު މަޑު މަޑުން ދިޔައީ އިތުރު ކުރަމުން ކަމުގައި އައި.ޖީ.އެމް.އެޗް އިން ވިދާޅުވިއެވެ.
އަދި ކޮވިޑްގެ މިހަނގުރާމައިގާއި ފްރަންޓް ލައިންގެ އެންމެ ކުރީސަފުގައި ޚިދުމަތް ދޭ އެ ހޮސްޕިޓަލްގެ ލެބޯޓެރީ މުވައްޒަފުން ގެ އަގުވަޒަންކޮށް އައިޖީއެމްއެޗުން ވަނީ އެމުވައްޒަފުންނަށް އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވާފައެވެ.
								
											

