Former RAF Flight Sergeant Louis Godwin receives an injection of the Pfizer coronavirus vaccine at Salisbury Cathedral, Wiltshire. (Photo by Steve Parsons/PA Images via Getty Images)

އިނގިރޭސިވިލާތުގެ 70 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފި

އިނގިރޭސިވިލާތުގެ 70 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19ގެ ވެކްސިން ދޭން ފަށައިފިއެވެ.

70 އަހަރާއި އެ އެމުރުން މަތީގެ މީހުންގެ އިތުރުން، ކޮވިޑް-19އަށް ހައި ރިސްކް މީހުންގެ ތެރޭގައި ހިމެނޭ މީހުންނަށްވެސް މި ހަފްތާތެރޭގައި ކޮވިޑް-19 ގެ ވެކްސިން ދެވޭނެއެވެ.

އިންގްލެންޑްގެ ޕްރައިމް މިނިސްޓަރ ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި، މިހާތަނަށް އައިއިރު އެ ޤައުމުގެ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން ވަރަށް ބޮޑު ލަނޑުދަޑިއެއް ހާސިލުކުރެވިފައިވެއެވެ.

އެގޮތުން އިންގްލެންޑްގެ އެކި ސަރަހައްދުތަކުގައި ވެކްސްިން ދިނުމަށް ހާއްސަ އާ ދިހަ ތަނެއްވެސް ދާދިފަހަކުން ވަނީ ހުޅުވައިފައެވެ.

ކޮވިޑް-19ގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެންމެ ފުރަތަމަ ދީފައިވަނީ އިނގިރޭސިވިލާތުންނެވެ. އެގޮތުން އެޤައުމުން ހުއްދަ ދީފައި ވަނީ ފައިޒާ އާއި ބައޮންޓެކްގެ ވެކްސިން ބޭނުން ކުރުމަށެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ހާލުވިކަމާއެކު ފެތުރެމުން އަންނައިރު، މިހާތަނަށް އެ ޤައުމުން 3,395,959 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އެ ޤައުމުން މި ބަލީގައި މިހާތަނަށް މަރުވެފައި ވަނީ 89,261 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ