ސްޕެޝަލް ވިޒާ އަދި ބިޒްނަސް ވިޒާގެ ދަށުން ރާއްޖެ އެތެރެވަފިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އިތުރު ފުރުސަތެއް ދީފިއެވެ.
އެގޮތުން އެ މިނިސްޓްރީން ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން، ޤައުމުތަކުގެ ބޯޑަރ ބައިނަލް އަޤްވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވުމުގެ ސަބަބުން، ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތަކުގެ ތެރެއިން، 1 ޑިސެމްބަރ 2020 ގެ ކުރިން ދޫކޮށްފައިވާ ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގެ ދަށުން ރާއްޖެ އެތެރެވަފިވާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ވަޒީފާއަދާކުރުމަށް ބޭނުންވާ ފަރާތްތަކަށް، އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމަށް ނިންމާފައިވާކަމަށެވެ.
މިފަހާރްތަކަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމަށް ހަމަޖެހިފައި ވަނީ 30 ޖޫން 2021 ގެ ނިޔަލަށެވެ.
މި ފާރާތްތަކަށް އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވޭނީ، އެމްޕްލޯއިމެންޓް އެޕްރޫވަލް ހޯދުމަށް ފުރިހަމަކުރަންޖެހޭ އެންމެހައި ކަންތައްތަކުގެ އިތުރުން، ތިރީގައި މި ބަޔާންކުރާ ކަންކަން ފުރިހަމަކޮށް އެކްޕެސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށް އެދި އެޕްލިކޭޝަން ހުށަހަޅުމުންކަމުގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
- 1 ޑިސެމްބަރ 2020 ގެ ކުރިން ދޫކޮށްފައިވާ ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް އެމްޕްލޯއިމެންޓް އެޕްރޫވަލް ހޯދުމަށް އެދޭކަން ބަޔާންކުރާ ސިޓީ، އެޕްލިކޭޝަންއާއި އެކު ހުށަހެޅުން.
- 15 ދުވަހަށްވުރެ މަދުނޫން މުއްދަތެއްގެ ބިޒްނަސް/ސްޕެޝަލް ވީޒާއެއް އޮތްކަން އެނގޭނެ، އެ ބިދޭސީ ފަރާތްތަކަށް ދޫކޮށްފައިވާ ވިސާގެ މައުލޫމާތު.
- އެޕްލިކޭޝަން ހުށަހެޅުމުގައި އެ ފަރާތްތަކީ ރާއްޖޭގައި މިވަގުތު ހުރި ފަރާތެއްކަން ބަޔާންކުރުމަށް، "ކަރަންޓްލީ އިން މޯލްޑިވްސް އަންޑަރ ސްޕެޝަލް ވިޒާ/ބިޒްނަސް ވިޒާ" ސެލެކްޓްކުރުން.
މޯލްޑިވްސް އިމިގްރޭޝަނުން 2020 ޑިސެންބަރު 17 ގައި ވިދާޅުވެފައިވާގޮތުގައި ކޮވިޑް-19 ގެ ސަބަބުން، ޤައުމުތަކުގެ ބޯޑަރ ބައިނަލް އަޤްވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވުމުގެ ސަބަބުން، ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތަކުގެ ތެރެއިން، ތިރީގައި މިދަންނަވާ ފަރާތްތަކަށް އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން ވާރކްވީޒާ ދޫކުރާގޮތަށް ހަމަޖައްސާފައިވެއެވެ.
މިގޮތުން ވާރކްވީޒާއަށް އެދި ހުށަހަޅާ ފަރާތަކީ މުއްދަތު ހަމަނުވާ ވީޒާއެއްގައި ރާއްޖޭގައި އުޅެމުންގެންދާ ފަރާތެއް ކަމުގައިވާންވާނެކަމުގައިވެސް އިމިގްރޭޝަނުން ވިދަޅުވެފައިވެއެވެ.
- 1 ޑިސެންބަރ 2020 ގެ ކުރިން، ބިޒްނަސް ވީޒާ ގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތެއް ކަމުގައިވުން.
- ސްޕެޝަލް ވީޒާ ލިބިގެން ރާއްޖޭގައި އުޅެމުންގެންދާ ބިދޭސީންގެ ތެރެއިން، ރާއްޖޭގައި ވަޒީފާ އަދާކުރަމުންގެންދާ ފަރާތްތަށް. މީގެތެރޭގައި ކްލަބް އެސޯސިއޭޝަން އަދި ޖަމިއްޔާތަކުން ގެނެސްފައިވާ ފަރާތްތަށް ހިމެނޭ ގޮތަށް




