ގަޑިއެއްހާއިރަށް އެމެރިކާގެ ކެޕިޓޮލް ލޮކްޑައުން ކުރުމަށްފަހު ލޮކްޑައުން އުވާލައިފި

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސްކުރާގެ ހުއްނަ ކެޕިޓަލް އިމާރާތް ގަޑިއެއްހާއިރަށް ލޮކްޑައުން ކުރުމަށްފަހު އެ ލޮކްޑައުން އުވާލައިފިއެވެ.

އިންތިހާބީ ރައީސް ޖޯ ބައިޑަން ހުވާކުރުމުގެ ރަސްމިއްޔާތުގެ ރިހާސަލުތައް ކުރިއަށް ދަނިކޮށް އެ އިމާރާތް ލޮކްޑައުން ކޮށްފައިވަނީ ކައިރި ސަރަހައްދެއްގައި ހިނގި ކުޑަ އަލިފާނުގެ ހާދިސާއަކާއި ގުޅިގެން ސަލާމަތީ ސަބަބުތަކަށް ޓަކައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ، މަގުމަތީގައި ދިރިއުޅޭ މީހެއް ނިދުމަށް ބޭނުންކުރާ ޓެންޓެއްގެ ތެރޭގައެވެ. މިހާދިސާގައި އެކަކަށް އަނިޔާވެފައިވާއިރު މި އަލިފާނުގެ ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަލިފާންގަނޑުވަނީ ނިއްވާލައިފައެވެ.

ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ކެޕިޓަލް އިމާރާތުގައެވެ. މިކަމަށްޓަކައި އެ އިމާރާތް ހިމެނޭ ސަރަހައްދާއި މުޅި ވޮޝިންޓަން ޑީސީ ވެސްވަނީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ.

ޖޯ ބައިޑެން ރައީސް ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަކީ އެމެރިކާގެ ރައީސަކު ހުވާކުރަން ބާއްވާ އެންމެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ރަސްމިއްޔާތައް ވާނެއެވެ. ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަމައެކަނި ނޭޝަނަލް ގާޑްގެ ވެސް 25000 ސިފައިން ހަރަކާތްތެރިވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ