ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ސަރުކާރުން ހިންގާ ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ވިދާޅުވީ އެ ތަމްރީން ޕްރޮގްރާމަކީ ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލުން ހުނަރާއި ގާބިލްކަން އިތުރުކޮށް، 2020 ވަނަ އަހަރުގެ އުނގެނުން ކުރިއަށްދިޔަ ގޮތާބެހޭ ގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމުގެ ބޭނުމުގައި އެމިނިސްޓްރީން އިންތިޒާމްކުރައްވައިގެން ކުރިއަށް ގެންދިޔަކުރިއަށް ގެންދެވުނު ޕްރޮގްރާމެއްކަމަށެވެ.

މިމަހުގެ 12 އިން 18 އަށް ކުރިއަށްދިޔަ އެ ޕްރޮގްރާމް އަތޮޅުތެރޭގެ ސްކޫލްތަކަށް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. އަދި މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ސެޝަން ކުރިއަށް ގެންދިޔައީ އިސްކަންދަރު ސްކޫލުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމްގައި މަޢުލޫމާތުދެވުނު ބައިތަކުގެ ތެރޭގައި، ތަޢުލީމީ ދާއިރާގެ ޓާގެޓްތައް ހާސިލް ކުރުމަށް ދުރާލާ ސްކޫލްތަކުން ލަނޑުދަނޑި ކަނޑައަޅައި ތައްޔާރުވުމުގެ މުހިއްމު ކަމާއި، ކޯވިޑް19 އާއި ގުޅިގެން ސްކޫލްތަކުން އަމަލުކުރަމުންދާ ރައްކާތެރިކަމުގެ އުސޫލުތަކާއި ބެހޭގޮތުންނާއި، މީގެ އިތުރުން 2020ވަނަ އަހަރު ސްކޫލްތަކުގައި އުނގެނުމުގެ ކަންކަން ކުރިއަށްގެންދެވުނު ގޮތްތަކާއި ބެހޭގޮތުން ސްކޫލްތަކުގެ މެދުގައި މަޝްވަރާ ކުރެވިފައިވާކަމަށެވެ.

އަދި، މީގެ އިތުރުންވެސް މި ޕްރޮގްރާމްގައި ކޯވިޑް19 ފެތުރުން ހުއްޓުވުމަށް ސްކޫލްތަކުން އިތުރަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

މި އޮރިއެންޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދެވީ މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަނުން އަބްދުﷲ އިސްމާއީލެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ