އަދާލަތު ޕާޓީގެ އިންތިޚާބަށް ކުރިމަތި ލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ޢަދާލަތު ޕާޓީ (އޭޕީ) ގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.

ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 413 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ
ނަންބަރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި 30 ޖަނަވަރީ
2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު
21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އެޕާޓީން ވިދާޅުވިގޮތުގައި އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުން 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ޢަދާލަތު ޕާޓީގެ މައި އޮފީހަށް ހުށައަޅަންޖެހޭނެއެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 13 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ، ޕާޓީގެ ކޮންމެ މެންބަރަކަށް ލިބިގެންވާކަމުގައި އެޕާޓީން ވިދާޅުވެއެވެ.

އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ މުއްދަތު މީގެ ކުރިންވެސް ވަނީ އިތުރު ކޮށްފައެވެ. މީގެ އިތުރުން އަދާލަތު ޕާޓީގެ އެންމެ އިސް މަގާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވައިދު ވެސް ވަނީ ބަދަލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ