ދާންދޫން އެއް އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގއ. ދާންދޫން އެއް އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ދާންދޫ ކައުންސިލްގެ ނައިބު ރައީސް ފާރިސް މުޙައްމަދު ފެށުމަށް ވިދާޅުވީ، މިއަދު އެރަށުން އެއް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި ކަރަންޓީނުގައި ހުރި މިކުއްޖާއަކީ ދެއްވަދޫ ކްލަސްޓާއާއި ގުޅިގެން ޕޮޒިޓިވްވި ކުއްޖެއްކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން މިއަދު ޕޮޒިޓިވް ތުއްތު ކުއްޖާގެ ހާލު އެހާ ސީރިއަސް ނޫންނަމަވެސް، ކުޑަ ކުއްޖެއްކަމުން މިއަދުގެ ހަވީރުގެ ވަގުތެއްގައި އެ ކުއްޖާ ގއ.ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދެވިފައިވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ފާރިސް ވިދާޅުވި ގޮތުގައި ދާންދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރާފައިވާއިރު އޭގެތެރެއިން 6 މީހުންނަކީ ދާއްދޫ ކްލަސްޓާއާއި ގުޅުންހުރި މީހުންކަމަށާއި، އަދި އަނެއް 5 ފަރާތް ގުޅެނީ "ކޮއިމަލާ-4" ފެރީއާކަމަށްވެސް ވިދާޅުވިއެވެ.

https://feshun.wonstasite.com/109008

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ