covid

އެއްދުވަހުގެ ތެރޭ ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން 1,610 މަރު

ކޮވިޑް-19 ޖެހިގެން އެއްދުވަހުގެތެރޭ އިނގިރޭސިވިލާތުން 1،610 މީހުން މަރުވެއްޖެއެވެ. މިއީ މިހާތަނަށް މިބަލީގައި އެއްދުވަހުގެތެރޭ އެންމެ ގިނަ އަދަދަކަށް އިނގިރޭސިވިލާތުން މީހުން މަރުވި ފަހަރެވެ.

މިއާއެކު ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 90،000 ވުރެ މައްޗަށް އަރައިފައެވެ. މީގެކުރިން އެންމެ ގިނަ އަދަދަކަށް އެއްދުވަހުގެ ތެރޭ ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ މިދިޔަ ބުދަ ދުވަހެވެ. އެދުވަހު 1،564 މީހުންވަނީ މަރުވެފައެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރި ބަލީގެ ނުރައްކާ ބޮޑުވަމުންދާއިރު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒްވަނީ 4,266,577 މީހުންނަށް ދީފައި ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެއެވެ.

އިނގިރޭސިވިލާތުގެ އޮފީސް ފޯރ ނޭޝަނަލް ސްޓެޓިސްޓިކްގެ ތަފާސްހިސާބުން ދައްކާގޮތުން އިނގިރޭސިވިލާތުގެ ކޮންމެ 10 މީހަކުން އެކަކަށް މިދިޔަ ޑިސެމްބަރުމަހުވަނީ ކޮވިޑް-19 ޖެހިފައެވެ. މިއީ އޮކްޓޯބަރުމަހުގެ ތަފާސްހިސާބާ އަޅާބަލާއިރު ދެގުނަ އިތުރު އަދެދެކެވެ.

ހެލްތް ސެކެރެޓަރީ މެޓް ހެންކޮކް ވިދާޅުވެފައިވަނީ އިޖުތިމާއީ އެންމެހާ ގައިދުރުކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ރަނގަޅު ފިޔަވަޅަކީ އަމިއްލައަށް އެކަހެރިވުން ކަމަށެވެ. މިގޮތުން މިބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް ކޮވިޑް-19 ޖެހިފައިވާ މީހަކަށް ބައްދަލުވެފައިވާ އެންމެހާ ފަރާތްތައް އަމިއްލައަށް އެކަހެރިވެތިބެމެން އިލްތިމާސް ކޮށްފައި ވެއެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 އަށް މުޅި ޖުމްލަ 3,466,849 މީހުންވަނީ ޕޮޒިޓިވުވެފައެވެ. މީގެތެރެއިން 1,546,575 މީހުން މިބަލިން ރަނގަޅުވެފައިވާއިރު 1,828,804 މީހުންނަށް އަދިވެސް އައްނަނީ ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ