މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް އާއި ރިއަލިޓީ ތަރި ކިމް ކާޑޭޝިއަންގެ ކައިވެނީގެ ގުޅުން ދެމެހެއްޓުމަށް ކައުންސިލިން ނަގަމުން އައިއިރު، އެ މަސައްކަތް ނާކާމިޔާބުވެ ކައުންސެލިން ނެގުން ހުއްޓާލައިފިކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފިއެވެ.
ކިމް ކާޑޭޝިއަން އާއި ފިރިމީހާ ކާންޔޭ ވެސްޓް ކައިވެނި ރޫޅާލަން ނިންމާފައިވާކަމުގެ ހަބަރުތައް މިއަހަރުގެ ކުރީކޮޅު ވަނީ ވަރަށް ގަދަޔަށް ދެކެވިފައެވެ.
ރިޕޯޓުތައް ބުނާގޮތުން ހަ އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުނު މި ދެމެފިރިން ވަކިން އުޅޭތާ މިހާރު ފުދޭވަރަށް ދުވަސްވެއްޖެއެވެ.
އެގޮތުން ދެމީހުންގެ ދެމެދުގައި ވާހަކަދެކެވުން ހުއްޓި، އެކަމުގެ އަސަރު ދެމީހުންގެ ދަރިންނަށް ކުރިޔަ ނުދިނުމަށް ކާންޔޭ ވަނީ ގެއިން ނިކުމެފައެވެ.
ނަމަވެސް ފާއިރުވި ކުޑަދުވަސްކޮޅުގެ ތެރޭގައި ދެމީހުންގެ ކައިވެނީގެ ގުޅުން އަލުން ރަނގަޅު ކުރުމަށް، މެރިއޭޖް ކައުންސެލަރ އަކާއި ދެމީހުން އައީ ވާހަކަދައްކަމުންނެވެ.
ކާންޔޭ އާއި ކިމްގެ ކައިވެންޏަށް ހަތަރު ދަރިން ލިބިފައިވެއެވެ.



