މަޝްހޫރު ހިޕް ހޮޕް އާޓިސްޓް، ކާންޔޭ ވެސްޓް އާއި ރިއަލިޓީ ތަރި ކިމް ކާޑޭޝިއަންގެ ހަތް އަހަރުވީ ދުވަސްވީ ކައިވެނި ރޫޅިފައިވާއިރު، ކާންޔޭ ވެސްޓް މިހާރު ވެސް މީހަކާއި ޑޭޓް ކުރާކަމަށް މީޑިއާގައި ހަބަރުތައް ދަނީ ފެތުރެމުންނެވެ.
ކާންޔޭ އާއި ކިމްގެ ކައިވެނި ނިމުމަކަށް އައިސްފައިވާއިރު، މި ދެމީހުންގެ ކައިވެންޏަށް ވަނީ ހަތަރު ކުދިންވެސް ލިބިފައެވެ. ކައިވެނި ރޫޅާލިފަހުން މިހާރު ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ކާންޔޭ މިހާރު "މޫވް އޮން" ކޮށްފިކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.
އެގޮތުން ކާންޔޭ އާއި ވަރަށް ގާތް މަސްދަރަކުން ބޭރުގެ ނޫހަކަށް ކަށަވަރުކޮށްދިން ގޮތުގައި، ކާންޔޭ މިހާރު ޑޭޓް ކުރަމުން އަންނަނީ މޮޑެލް އެއް ކަމުގައިވާ އިރީނާ ޝޭކް އާއެވެ.
މި ދެމީހުން ޑޭޓް ކުރާ ކަމުގައި ހަބަރު ފެތުރިފައިވަނީ، މި ފަހަކުން ދެމީހުން އެކުގައި އެކި ކަންކަމުގައި ފެންނަން ފެށުމާއި ގުޅިގެންނެވެ.
އެގޮތުން އޭޕްރީލް މަހުގެ ފަހުކޮޅު މި ދެ ތަރިން ނިއު ޔޯކް ސިޓީގެ މަގުމަތިން ފެނިފައިވާ ކަމަށްވެސް ހަބަރުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި މިފަހަކުން ފްރާންސްގައި ފާހަގަކުރި ކާންޔޭގެ 44 ވަނަ އުފަންދުވަހުވެސް މި ދެމީހުން އެކުގައި ވަގުތު ހޭދަކުރާތަން ފެނިފައިވާކަމަށް "ޓީއެމްޒެޑް" ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.





2 Responses
މަސައްކަތަށް ރަނގަޅު ތޯ ބަލާތި. . ފަހުން ނޭގެ ވާނެ ގޮތެއް.
ޢާއިލާ އެއް ފަނިކޮށްލީދޯ؟