ހޮޅީދަނޑީގައި ކާރު ޖެހި ހިނގި އެކްސިޑެންޓް - ފޮޓޯ: ކިޔުންތެރިއެއް

އަނެއްކާވެސް ކުޅުދުއްފުށީގައި ހޮޅިދަނޑިއެއްގައި ކާރަކުން ޖެހި އެކްސިޑެންޓްވެއްޖެ

ހދ.ކުޅުދުއްފުށީ އަމީނީމަގުގައި ހުރި ހޮޅިދަނޑިއެއްގައި ކާރެއް ޖެހި އެކްސިޑެންޓްވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ކުޅުދުއްފުށީ ސިޓީ ގަރާޖު ކުރިމަތިން، އަމީނީ މަހު މެދުގައި ހުރި ހޮޅިދަނޑީގައި ކާރުން ޖެހިގެންނެވެ. 

މިއަދު ހަވީރު ގާތްގަނޑަކަށް 6 ޖަހާއިރު ހިނގި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވިނަމަވެސް، މިހާދިސާގައި ކާރުގެ ކުރީ ކޮޅަށް ގެއްލުންވެފައިވާއިރު ހޮޅިދަނޑިވެސް ވަނީ ވަރަށް ބޮޑަށް އަރިއަޅާލާފައެވެ.

ހޮޅީދަނޑީގައި ކާރު ޖެހި ހިނގި އެކްސިޑެންޓް - ފޮޓޯ: ކިޔުންތެރިއެއް

ކުޅުދުއްފުށީ އަމީނީމަގަކީ ފުޅާކޮށް ތަރައްޤީކޮށްފައިވާ މަގެއް ނަމަވެސް، މިދިޔަ ރޯދަމަހުވެސް އަމީނީމަގު ހުރި ހޮޅިދަނޑިއެއްގައި ޕިކަޕެއް ޖެހިގެން މިފަދަ އެކްސިޑެންޓެއް ހިނގާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ