މިއަދު ލިބުނު ވެކްސިނަކީ ރައްކާތެރި ވެކްސިނެއް: ޝާހިދު

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި މިއަދު ރާއްޖެ ލިބުނު ކޮވިޑް ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރާ ކޮވިޑް ވެކްސިންގެ 100,00 ޑޯޒް ހަވާލުކުރުމަށް މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، މި ވެކްސިނަކީ ތިން ލެވެލްގެ ޓްރެއިލް ނިންމާފައިވާ ރައްކާތެރި ވެކްސިނެއް ކަމަށެވެ.

"މިއަދު މި ލިބުނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާ އެކްސްްޓްރާޒެނަކާ ކުންފުނީގެ ރިސާޗު މައްޗަށް ބިނާކޮށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދައިފައިވާ ކޮވިޝީލްޑް 100،000 ޑޯޒް މިއީ ތިން ލެވެލްގެ ޓްރެއިލް ނިންމައިފައިވާ ރައްކާތެރި ވެކްސިނެއް" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އިންޑިއާގެ ސެރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ އިންސްޓިޓިއުޓުކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މި އިންސްޓިޓިއުޓުން އަހަރަކު 1.5 ބިލިއަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން ދަނީ އުފައްދަމުން ކަމަށެވެ.

އިންޑިއާގެ ދެކުންފުންޏަކުން ކޮވިޑް ވެކްސިން އުފައްދަމުން ދެއެވެ. މީގެތެރެއިން އިންޑިއާގެ އުފެއްދުމަކީ އެގައުމުގެ ކުންފުންޏެއް ކަމަށްވާ ބާރަތު ބަޔޯޓެކުން އުފެއްދި ކޮވެކްސިނެވެ. އިންޑިއާގައި އުފައްދާ ދެވަނަ ވެކްސިނަކީ އޮކްސްފޯޑާއި އެސްޓްރަޒެނިކާގެ ރިސާޗުގ މައްޗަށް ބިނާކޮށް ސެރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިނެވެ. މިއީ އިންޑިއާގެ ވެކްސިނެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ