ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހި މީހުންގެ އަދަދު 17000އަށް!

ރާއްޖެއިން ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހި މީހުންގެ އަދަދު 17000 އަށް އަރައިފި އެވެ.

ވެކްސިންގެ ބޫސްޓާ ޑޯޒެއްގެ ގޮތުގައި މި ވަގުތު ރާއްޖޭގައި ޖަހާނީ ފައިޒާ ވެކްސިން އެކަންޏެވެ. ބޫސްޓާ ޑޯޒް ޖަހަން ރާއްޖޭގައި ފަށައިފައި ވަނީ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ފަހުގެ ތަފާސް ހިސާބުން ދައްކާގޮތުގައި، އިއްޔެ އާއި ހަމައަށް ރާއްޖެއިން ބޫސްޓާ ޑޯޒު ޖެހި މީހުންގެ އަދަދަކީ 17،200 އެވެ. ދެވަނަ ޑޯޒު ޖެހައިފައި ވަނީ  365،046 މީހުންނެވެ. އަދި ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދަކީ 396،066 މީހުންނެވެ. 

ރާއްޖޭގައި ފައިޒާ ވެކްސިންގެ ތިންވަނަ ޑޯޒެއް ދޭން ފަށައިފައިވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ. މި ވެކްސިންގެ ބޫސްޓާ ޑޯޒު ރާއްޖޭގައި ފުރަތަމަ ދީފައި ވަނީ 60 އަހަރުން މަތީގެ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންގެ އިތުރުން ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުންނަށް އެކަންޏެވެ. 

ނަމަވެސް މިހާރު 50 އަހަރުން މަތީގެ މީހުންނަށް ތިންވަނަ ޑޯޒު ޖަހަން ވަނީ ފަށައިފައެވެ. 

ދެކުނު އެފްރިކާއިން ފެނިގެން އުޅޭ  ކޮވިޑުގެ އާ ވޭރިއަންޓް އޮމިކްރޮންއާ ގުޅިގެން ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ، ޑިސެމްބަރު މަހުގެ މެދު ތެރޭގައި ރާއްޖޭގެ އާންމު ރައްޔިތުންނަށް ބޫސްޓާ ޕްރޮގްރާމް ފެށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހާމަކުރައްވައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ