މުސްލިމުން އެމެރިކާއަށް އެތެރެވުން މަނާވެކޮށްފައި އޮތް އޮތުން އުވާލައިފި

މުސްލިމް އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގެ މީހުން އެމެރިކާއަށް އެތެރެވުން މަނާކޮށް ޓްރަމްޕް ސަރުކާރުން އަމަލުކުރެއްވި އުސޫލުތައް ރޭ ހުވާކުރެއްވި އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑެން އުވާލައްވައިފިއެވެ.

މީގެއިތުރުން، ކޮވިޑުން އަރައިގަތުމާއި އިގުތިސޯދާ ގުޅުން ހުރި ކަންކަން ހިމެނޭ ގޮތަށް ބައިޑެން އިތުރު 16 އަމުރެއްގައި ވެސް ސޮއިކުރައްވާނެއެވެ. އޭގެތެރޭގައި، ބައިޑެން ޑަބްލިއުއެޗްއޯއާ ގުޅުން ކަނޑާލަން ޓްރަމްޕް ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލުމުގެ އަމުރެއްގައި ބައިޑެން ސޮއިކުރެއްވުން ވެސް ހިމެނިވަޑައިގަންނަވައެވެ.

އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގެން ޓްރަމްޕް އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި، މުސްލިމް މެޖޯރިޓީ އޮންނަ ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން ޒިޔާރަތްކުރުން ވަނީ މަނާކޮށްފައެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވި ފަހުން މުސްލިމުންނަށް އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހުނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ