ސެރަމް އިންސްޓިޓިއުޓުގެ އިމާރާތެއްގައި ރޯވެ 5 މީހުން މަރުވެއްޖެ

ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ ސެރަމް އިންސްޓިޓިއުޓުގެ އިމާރާތެއްގައި އަލިފާން ރޯވުމުގެ ސަބަބުން ފަސްމީހުން މަރުވެއްޖެއެވެ.

މިހާދިސާ ހިނގަން މެދުވެރިވީ ސަބަބެއް އަދި ހޯދިފައި ނުވާއިރު އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ހަދަމުން އައި އިމާރާތެއްގައެވެ. މިހާދިސާ ހިނގައިފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

އިންޑިއާގެ ޕޫނޭގައި ހުއްނަ ސެރަމް އިންސްޓިޓިއުޓުގެ އިމާރާތެއްގައި ހިނގި މި އަލިފާނުގެ ހާދިސާގެ ސަބަބުން ވެކްސިން އުފެއްދުމުގެ މަސައްކަތަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް އެ އިންސްޓިޓިއުޓުން މައުލޫމާތު ދެއެވެ.

ރޯވި އަލިފާންގަނޑު ނިއްވާލައިފައި ވީނަމަވެސް މިހާދިސާގައި ފަސްމީހުން މަރުވެފައިވާކަމަށް ޕޫނޭގެ މޭޔަރުވަނީ ނޫސްވެރިންނަށް ކަށަވަރު ކޮށްދީފައެވެ.

ސެރަމް އިންސްޓިޓިއުޓަކީ އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިން އުފައްދާ ކުންފުނިކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ