ޒިދާން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރެއަލްމެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޒިދާން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ރެއަލްމެޑްރިޑުން ހާމަކޮށްފައިވާއިރު، ޒިދާން މިހާރު ހުރީ އައިސޮލޭޓްކޮށްފައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ކްލަބުން ބުނެފައިވެއެވެ.

އުމުރުން 48 އަހަރުގެ ޒިދާން ކޮވިޑަށް ޕޮޒިޓިވުމާއި ގުޅިގެން ރެއަލްމެޑްރިޑްގެ ކޯޗުކަމާއި ޙަވާލުވާނީ އޭނާގެ އެސިސްޓެންޓް ޑޭވިޑް ބެޓޯނީއެވެ.

18 މެޗުން ލިބުނު 37 ޕޮއިންޓާއެކު ރެއަލްމެޑްރިޑް މިވަގުތު އޮތީ ސްޕެނިޝް ލަލީގާގެ ދެވަނާގައެވެ. ވާދަވެރި ބާސެލޯނާ 34 ޕޮއިންޓާއެކު ތިންވަނާގައި އޮތްއިރު، އެއްވަނާގައި އެތުލެޓިކޯ މެޑްރިޑް އޮތީ 17 މެޗުން ލިބިފައިވާ 44 ޕޮއިންޓާއެކުގައެވެ.

ލީގުގެ ކުރިއަށް މެޗުގައި ރެއަލްމެޑްރިޑު ބައްދަލުކުރާނީ ތާވަލްގެ 17 ވަނާގައި އޮތް އަލްވެސްއާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ