ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ޚިދުމަތަށް މިރޭ ބުރޫއަރާނެ: ބީއެމްއެލް

މިރޭ ދަންވަރުގެ ވަގުތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ އިންޓަރނެޓް ބޭންކިންގެ ހިދުމަތަށް ބުރޫއަރައިފާނެ ކަމަށް އެބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން މިރޭކުރި ޓުވީޓެއްގައި ބުނީ، މިރޭ ދަންވަރު 1:30 އިން 3:30 އަށް އިންޓަރނެޓް ބޭންކިންގެ ހިދުމަތް ބޭނުން ކުރުމުގައި ދަތިތަކާއި ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ. އަދި މިހެން މި ދިމާވަނީ އެގަޑީގައި ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތަކާއި ގުޅިގެން ކަމަށެވެ.

އަދި މިވަގުތު އިހުތިޔާރު ކޮށްފައިވަނީ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތައް ވީހާވެސް ކުޑަކުރުމަށްޓަކައި ކަމަށްވެސް ބީއެމްއެލްގެ ޓުވީޓުގައި ބުނެފައި ވެއެވެ. މީގެއިތުރުން، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެބޭންކުންވަނީ މާފަށްވެސް އެދިފައެވެ.

ދޭތެރެދޭތެރެއިން ބީއެމްއެލް އިން އަންނަނީ އިންޓަރނެޓް ބޭންކިންގެ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި މެއިންޓެނެންސް މަސައްކަތްތައް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ