ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް ބަދަލުގެނެސްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ނެރުނު އިއުލާނެއްގައި ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 24 ޖެނުއަރީ 2021 އިން ފެށިގެން، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން މެންދަމު 1:00 އަށެވެ.
ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން ވާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.
މީގެ ކުރިން ކޮވިޑް-19 އަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކެފޭ/ރެސްޓޯރެންޓްތަކާއި ސައި ހޮޓާތައް ހުޅުވާފައި ބެހެއްތޭ ވަގުތަކީ ފަތިހު 4:30 ން ރޭގަނޑު 11:30 އާއި ހަމައަށެވެ.