ގިލިލަންކަންފުށި ރިސޯޓްގެ ޖީއެމް ފުރުން މަނާކޮށްފި

ފިނޮޅަކުން ކޯރު ކެނޑި މައްސަލައިގައި ގިލިލަންކަންފުށި ރިސޯޓްގެ ޖެނެރަލް މެނޭޖަރ ފުރުން މަނާކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހިންމަފުށީ ކައިރީގައި އޮންނަ ފިނޮޅެއްގެ ކައިރިން ކޯރު ކެނޑި މައްސަލަ އާއި ގުޅިގެން ގިލިލަންކަން ފުށީގެ ޖެނެރަލް މެނޭޖަރ ފުރުން މަނާކުރުމުގެ އަމުރަކަށް ރޭގެ ވަގުތެއްގައި ފުލުހުން އެދުނު ކަމަށެވެ. އަދި މި އަމުރު ލިބުމާއި ގުޅިގެން ކަމާއި ގުޅުން ހުރި މުއައްސަސާތަކަށް އެ އަމުރު ހިއްސާކުރެވިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ގިލިލަންކަންފުށި މުވައްޒިފުން އެ ފިނޮޅުގެ ވެލިގަނޑަށް ގެއްލުންދިނީ ހިންމަފުށީ މީހުން އަދި ބައެއް އެހެން ރަށްރަށުގެ މީހުން އެތަނަށް ޕިކުނިކުގޮސް ހަދާތީ ފަތުރުވެރިންނަށް އުނދަގޫވާ ކަމަށްބުނެއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންނާއި އީޕީއޭ ގުޅިގެން މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ