މިސްރުގައި ކޮވިޑް-19 ވެކްސިން މިއަދު ޖަހަން ފަށައިފިއެވެ.
މިސްރުގައި ކޮވިޑް-19 ވެކްސިންގެ ގޮތުގައި ޖަހަން ފަށައިފައިވަނީ ޗައިނާގެ ނޭޝަނަލަ ފާރަމަސޫޓިކަލް ގުރޫޕް (ސިނޮފާރމް) އިން ތައްޔާރު ކޮށްފައިވާ ވެކްސިނެވެ.
އެންމެ ފުރަތަމަ މިސްރުގައި މި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، ކޮވިޑް-19ގެ ބަލިމީހުންނަށް ފަރުވާކުރާ ފުރޮންޓްލައިން މަސައްކަތްތެރީންނަށެވެ. އެއަށްފަހު ސިއްހީ ދާއިރާގެ އެހެނިހެން މުވައްޒަފުންނަށާއި ގައުމުގެ އިސްފަރާތްތަކަށެވެ.
އެންމެ ފުރަތަމަ ވެކްސިން ޖަހާ ފަރާތްތަކަށް މި ވެކްސިން ހިލޭ ދިނުމަށް ހަމަޖެހިފައިވާއިރު ވެކްސިން ޖެހުމަށް ބޭނުންވާ އެހެނިހެން ފަރާތްތަކުން ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް މިސްރުގެ ސިއްހަތާބެހޭ ވުޒާރާއިން މިހާރުވަނީ އަންގައިފައެވެ.
މިސްރުގައި މިހާތަނަށް ކޮވިޑް-19 އަށް 161,143 މީހުންވަނީ ޕޮޒިޓިވުވެފައެވެ. އަދި މީގެތެރެއިން 8,902 މީހުންވަނީ މަރުވެފައެވެ.