އޭޑީކޭގެ ހައި ޑިޕެންޑެންސީ ޔުނިޓްއިން ފަރުވާދީ ދޫކޮށްލި 3 މީހަކު ޕޮޒިޓިވް ވެއްޖެ

އޭޑީކޭގެ ހައި ޑިޕެންޑެންސީ ޔުނިޓްއިން ފަރުވާދިން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލްގައި ހައި ޑިޕެންޑެންސީ ޔުނިޓުން ފަރުވާ ދީ ދޫކޮށްލާފައިވާ 3 މީހަކު ޕޮޒިޓިވް ވުމާ ގުޅުގެން އެ ޔުނިޓު މިހާރު ބަންދުކުރެވިފައިވާކަމަށެވެ.

ނަޒްލާ ވިދާޅުވީ މިހާރު އެތަން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާއިރު، މުޅި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ހުރިހާ ޕޭޝަންޓުން ޓެސްޓު ކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން އެޗްޑީޔޫގަ މަސައްކަތް ކުރި ބަލި މީހުންނާއި ކޮންޓެކްޓްވި ހުރިހާ ސްޓާފުން ޓެސްޓުކުރެވިފައިވާ ކަމަށާއި، އަދި އެއިން އެއްވެސް މީހަކު މިހާތަނަށް ޕޮޒިޓިވްވެފައި ނުވާކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ކޮންޓެކްޓްވި ހުރިހާ ސްޓާފުންވެސް ތިބީ ހޯމް ކަރަންޓީނުގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ، ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އޭޑީކޭއާއެކު މަސައްކަތް ކުރަމުން އެބަދާކަމަށެވެ.

މި މަހު އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އިއްޔެގައެވެ. އިއްޔެ ޖުމްލަ 108 ކޭސް ފެނިފައި ވާއިރު އޭގެތެރޭގައި ޖަމާލުއްދީން އަދި މަޖީދިއްޔާ ސްކޫލްގެ ޓީޗަރުންތަކަކާއި ދަރިވަރުން ތަކެއް ވެސް ހިމެނެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ