ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލު އަޑުއެހުމަށް، "ޖަޒީރާ ސައްލާ"!

ރައްޔިތުންގެ ކަންބޮޑުވުންތައް، ހިޔާލު އަދި ޝުއޫރުތައް އަޑުއެހުމަށް "ޖަޒީރާ ސައްލާ" ނަމުގައި ސަރުކާރުން ޙާއްޞަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

ޖަޒީރާ ސައްލާގެ ނަމުގައި ހާއްސަ ހަރަކާތެއް ބާއްވަން ނިންމާފައިވާކަން ސަރުކާރުން މިހާރު އިއުލާންކޮށްފައިވާއިރު، ހަރަކާތް ބާއްވާ ވަކި ތާރީޙެއް އަދި އިއުލާނެއް ނުކުރެއެވެ.

ސަރުކާރުން ވިދާޅުވީ، މި ހަރަކާތަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރާ ފަރާތްތަކަށް ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް އަދި ޝުޢޫރުތައް ޙިއްޞާކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއްކަމަށެވެ.

މީގެ ކުރިން ރައޫސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން ވަނީ "ޖަޒީރާ ހޮޅުއަށި" ނަމުގައި ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި މަޝްވަރާ ފޯރަމުތަކެއްވެސް ބާއްވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ