ރައްޔިތުންގެ ކަންބޮޑުވުންތައް، ހިޔާލު އަދި ޝުއޫރުތައް އަޑުއެހުމަށް "ޖަޒީރާ ސައްލާ" ނަމުގައި ސަރުކާރުން ކުރިއަށް ގެންދާ ޙާއްޞަ ހަރަކާތުގެ މިފަހަރުގެ މަޝްވަރާ ބައްދަލުވުމުގައި ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގް އާއި ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒު ބައިވެރިވަޑާ ގަންނަވާ ގޮތަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ވިދާޅު ވެއްޖެއެވެ.
ސަރުކާރުން ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތުތަކާއި ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ޝުއޫރުތަކަށް ޖަވާބު ދެއްވުމަށް މިފަހަރުގެ "ޖަޒީރާ ސައްލާ" ގައި މަބްރޫކާއި ނަޒްލާ ބައިވެރިވެޑައި ގަންނަވާނެކަމަށެވެ.
އެގޮތުން މި މަޝްވަރާ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ.
Correction: The correct date for #JazeeraSalla is 27 January 2021.
Sorry for the misunderstanding. https://t.co/chwONXZ5KW
— Government of Maldives (@governmentmv) January 25, 2021
ސަރުކާރުން ވިދާޅުވީ، މި ހަރަކާތަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރާ ފަރާތްތަކަށް ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް އަދި ޝުޢޫރުތައް ޙިއްޞާކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއްކަމަށެވެ.
މީގެ ކުރިން ރައޫސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން ވަނީ "ޖަޒީރާ ހޮޅުއަށި" ނަމުގައި ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި މަޝްވަރާ ފޯރަމުތަކެއްވެސް ބާއްވައިފައެވެ.



