ކޮވިޑްޖެހި އެމެރިކާ އިން އިތުރު 1,897 މީހުން މަރުވެއްޖެ

ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 1,897 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާއަކީ މި ބަލި އެންމެ ބޮޑަށް އޮތް ގައުމެވެ. އެ ގައުމުން މިހާތަނަށް 431,392 މީހަކު މަރުވެ، 25,861,597 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އަދި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 152,244 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އެމެރިކާގައި މި ބަލި ޖެހިގެން 15,617,360 ވުރެ ގިނަ މީހުން ރަނގަޅުވި އިރު، ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ނުވަ މިލިއަނަށް ވުރެ މައްޗަށް އަރައެވެ. އޭގެ ތެރެއިން 26,259 އަށް ވުރެ ގިނަ މީހުންގެ ހާލު ސީރިއަސްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ