މި ލޯކަލް ކައުންސިލް އިންތިހާބަކީ މިހާތަނަށް އެންމެ ބޮޑު ހަރަދެއްކޮށްގެން ބާއްވާ ލޯކަލް ކައުންސިލު އިންތިހާބުކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނިންމައިފިއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އެއާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކައުންސިލް އިންތިހާބު ބޭއްވާނަމަ އަމަލުކުރަންޖެހޭނެ ގޮތުގެ ގައިޑްލައިން ޑްރާފްޓްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްކްޝަންސް ކޮމިޝަނާ ހިއްސާކޮށްފައެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުން ފުއާދު ތައުފީޤު ވިދާޅުވީ، ކޮމިޝަންގެ މެމްބަރުން ފުއާދު ތައުފީޤު ވިދާޅުވީ، އިންތިހާބުބާއްވާއިރު އަމަލުކުރަންޖެހޭނެ ގޮތުގެ އެޗްޕީއޭގެ ގައިޑްލައިންގައި ދަށުން އިންތިހާބު ބޭއްވުމަށް ވަރަށް ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ. އަދި އެއާއެކު އިންތިހާބަށް ކުރެވޭ ހަރަދުވެސް އެތައް ގުނައަކުން ބޮޑުވާނެކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.
އެގޮތުން އެޗްޕީއޭގެ ގައިޑްލައިންތަކާއެކު އިންތިހާބު ބާއްވާނަމަ، ގާތްގަނޑަކަށް 45 މިލިއަން ރުފިޔާ ބަޖެޓްގެ ބޭރުން އިތުރަށް ޙަރަދު ކުރަން ޖެހޭނެކަމަށް ފުއާދު ފާހަގަކުރެއްވިއެވެ. އަދި އިންތިޚާބު ބޭއްވުމަށް ފުރަތަމަ އެދުނީ 71 މިލިއަން ރުފިޔާކަމަށާއި އެހެންނަމަވެސް ލިބުނީ 51 މިލިއަންކަންވެސް ފުއާދު ފާހަގަކުރެއްވިއެވެ.
އެ ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ، މި ޕެންޑަމިކްތެރޭގައި އިންތިޚާބު ބާއްވާނަމަ އެއްވެސް އެއްޗެއް ނުގަނެ ހަމައެކަނި ސްޓާފުން ހޯދުމުން ކުރަންޖެހޭ ހަރަދުތަކަށް 44 މިލިއަން އެބަ ހަރަދުކުރަންޖެހޭކަމަށެވެ.