ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ތިން އަތޮޅަކަށް ވައިޓް އެލާރޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާރޓް ނެރެފައިވަނީ ދ. އަތޮޅުން ލ. އަތޮޅަށެވެ. މިރޭ 19:30 އިން މިރޭގެ 12:00 އަށް ނެރެފައިވަނީ ވައިޓް އެލާރޓްގައި ބުނެފައިވަނީ އެލާރޓްގެ ވަގުތުގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މޫސުން ގޯސްވެ، މެޓް އޮފީހުން މިތިން އަތޮޅަށް ވައިޓް އެލާރޓް ނެރެފައިވާއިރު، ރޭ ދަންވަރުން ފެށިގެން ހެނދުނުގެ ވަގުތުތަކާ ހަމައަށް އައްޑޫ ސިޓީގެ އެކި ރަށްތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑު ވެފައިވާކަން ފާހަގަކޮށްލެވެއެވެ.
White Alert for heavy rain and thunderstorms pic.twitter.com/xuLyZODN9x
— Maldives Meteorology (@MetMaldives) January 26, 2021
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓްއޮފީހުން ބުނެފައިވަނީ، ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި އެހެން ހިސާބުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށެވެ.
"އިރުއުތުރާއި އިރުން، މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. އެންމެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ދެކުނުގެ ސަރަހައްދަށް ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ބުންޏެވެ.
މީގެއިތުރުން ބުނެފައިވަނީ އެންމެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށާއި، އެހެން ހިސާބުތަކުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށެވެ. އަދި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.
https://feshun.wonstasite.com/110466



