ތޮއްޑޫ / ފޮޓޯ: މީސްމީޑިއާ

ޕޮޒިޓިވް ކޭސްއަކާއެކު ތޮއްޑޫވެސް މޮނިޓަރިން އަށް

ޕޮޒިޓިވް ކޭސްއަކާއެކު އއ. ތޮއްޑޫވެސް މޮނިޓަރިން އަށް ލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވިގޮތުގައި ތޮއްޑޫ މޮނިޓަރިންގއަށް ލާފައިވަނީ އެރަށުން އިއްޔެ މާލެ އައި ފަރާތެއް ކޮވިޑް އަށް ޕޮޒިޓިވް ވެފައިވުމާ ގުޅިގެންނެވެ. އެހެންކަމުން ތޮއްޑޫއަށް އަރައި ފޭބުމަކީ މިހާރު މަނާކަމެކެވެ.

ތޮއްޑޫއިން ޕޮޒިޓިވްވެފައިވަނީ ޕްރީ ސްކޫލް ޓީޗަރެކެވެ. އަދި މަޢުލޫމާތު ލިބޭގޮތުގައި އެ މުދައްރިސްވަނީ ކުދިންނާވެސް ކޮންޓެކްޓް ވެފައެވެ.

ތޮއްޑޫއިން މިފަދަ ކޭސްއެއް ފެނިފައިވާއިރު، މ.ކޮޅުފުށިންވެސް މާލެއައި ފަރާަތެއް ކޮވިޑަށް ޕޮޒިޓިވްވެ އެރަށްވެސްވަނީ މޮނިޓަރިންގއަށް ލައިފައެވެ. އަދި އެކޭސްއާއި ގުޅިގެން ކޮޅުފުށިން އިއްޔެ ޖުމްލަ 106 ރެންޑޮމް ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން 9 ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީންވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން މިފަހަކަށް އައިސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އިއްޔެއާއި އޭގެކުރިން ދުވަހުވެސް 100 އަށްވުރެ ގިނަ މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ