ލޮކްޑައުންގެ ތެރޭގައި ފިރިމީހާ ނިކް ޖޯނަސް އާއި ގުޅޭގޮތުން ވަރަށް ގިނަ ކަންކަން ދަސްވެއްޖެކަމަށް މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕުރާ ވަނީ ހާމަކޮށްފައެވެ.
އެގޮތުން "ދަ އެލެން ޝޯ"ގެ އެންމެ ފަހުގެ އެޕިސޯޑުގައި ބައިވެރިވަމުން ޕްރިޔަންކާ ބުނީ، ގޭތެރެ ބެލެހެއްޓުމުގައި އޭނާ އަށްވުރެ ފިރިމީހާ ނިކް ޖޯނަސް މާ ސާފުތާހިރުވެފައި ތަރުތީބު ކަމަށެވެ. އަދި ނިކްގެ ކައިރިން މިކަން ދަސްވެ އޭނާވެސް މިހާރު ގޭތެރެ ތަރުތީބުކޮށް ސާފުތާހިރުކުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭކަމަށް ޕްރިޔަންކާ ބުންޏެވެ.
އެގޮތުން ފިރިމިހާ ނިކްގެ ކައިރިން ދަސްވީ ކޮންކަމެއްތޯ އެލެން އެހުމުން، ޕްރިޔަންކާ ބުނީ، މިހާރު ބޫޓުވެސް ތަރުތީބުން ބަހައްޓާކަމަށާއި އަދި ނިދާ ހޭލުމަށްފަހު ތަންމަތިވެސް ރީތިކުރާކަމަށެވެ.
މީގެ އިތުރުން ޕްރިޔަންކާ ބުނީ، ކާ ވަގުތު ތަކުގައިވެސް ސޯފާގައި ކެއުމަށްވުރެ ނިކް އިސްކަން ދޭނީ މޭޒުދޮށުގައި އިނދެ ކެއެމަށްކަމަށެވެ.
ޕްރިޔަންކާ މިވަގުތު ހުރީ އޭނަގެ ކުރިއަށް އޮތް ފިލްމް "ޓެކްސްޓް ފޯ ޔޫ" ގެ ޝޫޓިންއަށް ފަހު ލަންޑަންގައެވެ. ޕްރިޔަންކާ ހާމަކުރިގޮތުގައި މިއަހަރު އެއްކޮށް އޭނާ ދިރިއުޅުން ހޭދަކުރާނީ ލަންޑަންގައެވެ. އެއީ އޭނަގެ ކުރިއަށް އޮތް ޓީވީ ޝޯއެއްގެ މަސައްކަތަށެވެ.




ހިޔާލު
Aharemenge balaakah thiya priyanka eh naadhe.