ޕްރިޔަންކާ އަކީ އަހަރެންގެ އިންސްޕިރޭޝަން: ނިކް ޖޯނަސް

މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ އެންމެ ބޮޑު އިންސްޕިރޭޝަން އަކީ އޭނަގެ އަންހެނުން ޕްރިޔަންކާ ޗޯޕްރާކަން އޭނަ ހާމަކޮށްފިއެވެ.

މެގަޒިންއަކަށް ދިން އިންޓަވިއުއެއްގައި ނިކް ބުނީ، އޭނަގެ މިއުޒިކްގެ ދުނިޔޭގައި އަންހެނުން ޕްރިޔަންކާ އިންސްޕިރޭޝަންއެއްގެ ގޮތުގައި ވަރަށް ބޮޑަށްދެކޭކަމަށެވެ.

ނިކް އިތުރަށް ބުނީ، އޭނަގެ އިންސްޕިރޭޝަން އަކީ ޕްރިޔަންކާ ކަން އެއްބަސްވާން އޭނަ ލަދުނުގަންނަ ކަމަށެވެ.

ނިކް އަކީ ޕްރިޔަންކާގެ މަސައްކަތަށް ފެށުނީއްސުރެ ސަޕޯޓް ދޭ ފަރާތެއްކަމަށް ޕްރިޔަންކާ ވަނި މީގެ ކުރިން ބުނެފައެވެ. އަދި މި ދެމަފިރިންގެ އާއިލާ ބޮޑު ކުރުމާއި ބެހޭގޮތުންވެސް ދާދިފަހަކުން  ވަނީ ވާހަކަދައްކައިފައެވެ.

އެގޮތުން ކޮންމެވެސް ދުވަހަކުން އާއިލާ އިތުރަށް ބޮޑުކުރަން ދެމީހުންވެސް ބޭނުންވާކަން ނިކް ވަނީ ހާމަކޮށްފައިވެއެވެ. ނަމަވެސް ނިކް ބުނީ، އެންމެ އިސްކަމެއް ދޭނީ ޕްރިޔަންކާގެ އުފާތަކަށް ކަމަށެވެ.

ނިކް އާއި ޕްރިޔަންކާ މިވަގުތު ދިރިއުޅެމުން އަންނަނީ ލަންޑަންގައެވެ. ޕްރިޔަންކާ މިއަހަރު އެއްކޮށް ދިރިއުޅުން ހޭދަކުރާނީ ލަންޑަންގައި ކަމަށް އޭނާ ދާދިފަހަކަން ވަނީ ހާމަކޮށްފައެވެ. އެއީ އޭނަގެ ކުރިއަށް އޮތް ސިރީޒްއެއްގެ މަސައްކަތަށެވެ.

މިލިޔުން ކިޔާލުމުން
4111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ