ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އަކީ އެންމެ މަޝްހޫރު ސެލެބްރިޓީ ކަޕްލް އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެގޮތުން މިފަހަކަށް އައިސް މި ދެމީހުންގެ ޙަބަރުތައް މީޑިއާގެ ފަލަ ސުރުހީތަކުން އަންނަނީ ޖާގަ ހޯދަމުންނެވެ.
ނިކް ޖޯނަސް ވަރަށް ފަހަކުން ވަނީ، އާއިލާ ބޮޑު ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން އިންޓަވިއުއެއްގައި، އާއިލާއެއް ފެށުމަށް ދެމީހުންގެ ޕްލޭން އަކީ ކޮއިތޯ ނިކްއާއި ސުވާލުކުރުމުން އޭނާ ބުނީ، އޭނަގެ އުންމީދަކީ އަންހެނުން ޕްރިޔަންކާ ޗޯޕްރާއާއެކު ބައިވަރު ދަރިން އެމީހުންގެ ކައިވެންޏަށް ލިބުމެވެ.
ކޮންމެވެސް ދުވަހަކުން އާއިލާ އިތުރަށް ބޮޑުކުރަން ދެމީހުންވެސް ބޭނުންވާކަން ނިކް ހާމަކޮށްފައިވެއެވެ. ނަމަވެސް ނިކް ބުނީ، އެންމެ އިސްކަމެއް ދޭނީ ޕްރިޔަންކާގެ އުފާތަކަށް ކަމަށެވެ.
ޕްރިޔަންކާ އަކީ ނިކްގެ ހަޔާތުގެ އެންމެ މުހިއްމު މީހާކަން ނިކް ހާމަކޮށްފައިވާއިރު، މިވަގުތު ދެމީހުންވެސް ކެރިއާގެ މަސައްކަތުގައި އުޅެމުން އަންނަނީ ވަރަށް ބިޒީކޮށްވެ.
ނިކް ބުނި ގޮތުގައި، ދަރިން ހޯދަން ބޭނުންވަނީ ކޮންއިރަކުން ދެމީހުންވެސް ނިންމާނެކަމަށެވެ. ނަމަވެސް، މިހާރު ދެމީހުންވެސް ބޭނުންވަނީ މަސައްކަތައް ސަމާލުކަން ދިނުމަށްކަމަށް ނިކް ބުންޏެވެ.
ނިކް އާއި ޕްރިޔަންކާގެ މަސައްކަތަށް ބަލާއިރު، "ދަ ވޮއިސް"ގެ 19 ވަނަ ސީޒަންގައި ކޯޗެއްގެ ގޮތުގައި ނިކް އެ ޝޯއާއި ބައިވެރިވާނެއެވެ. އަދި ޕްރިޔަންކާ މިއަހަރު އެއްކޮށް ދިރިއުޅުން ހޭދަކުރާނީ ލަންޑަންގައި ކަމަށް އޭނާ ދާދިފަހަކަން ވަނީ ހާމަކޮށްފައެވެ. އެއީ އޭނަގެ ކުރިއަށް އޮތް ސިރީޒްއެއްގެ މަސައްކަތަށެވެ.



