ގެއަކުން ވައްކަންކުރި ދެމީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

މާލޭ މާފަންނު ގެއަކުން ވައްކަން ކުރި މައްސަލައަކާއި ގުޅިގެން ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި މީހާ ހޯދުމުގެ މަސައްކަތަށް ފުލުހުން ވަނީ މި ދެމީހުންގެ ވީޑިއޯއެއްވެސް އާންމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ވީޑިއޯއިން ފެންނަ ދެ މީހުންނަކީ މާފަންނު ގެއަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުންކަމަށެވެ.

އެހެންކަމުން، މި ދެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން ފުލުހުން އެދިފައިވެއެވެ.މި

މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 475287 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ