ބީ.އެމް.އެލް އެޕްލިކޭޝަން--

ފްލެޓް ލިބުނު ކަމަށް ބުނެ 5 ލައްކަ ރުފިޔާ ފޭރިގެންފި

ފްލެޓް ލިބިފައިވާކަމަށް ބުނެ މީހެއްގެ އަތުން އޮޅުވާލައިގެން 5 ލައްކަ ރުފިޔާ ފޭރިގެން މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ފުލެޓް ލިބިފައިވާކަމަށް ބުނެ އޯޓީޕީ ހޯދައިގެން މިއަދުވެސް 500،000 ރުފިޔާ މަކަރާއި ހީލަތުން ބަޔަކުވަނީ ހޯދާފައި ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން، ގއ. ވިލިނގިލީ މީހެއްގެ އެކައުންޓުން ވެސް 200،000ރ. ނެގި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ.

މި މައްސަލަތަކުގެ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

ފްލެޓްގެ ނަމުގައި އޮޅުވާލައިގެން މީހުންގެ އަތުން ރުފިޔާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި މިދުވަސް ވަރު އިތުރުވަމުން އަންނައިރު، މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެން މި އަހަރުގެ މިހާތަނަށް މަކަރާއި ހީލަތް ހަދައިގެން 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން ނަގައިފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ