އިންޑިއާއިން ސްރީލަންކާއަށް ކޮވިޑް ވެކްސިންގެ ފަސް ލައްކަ ޑޯޒް ހަދިޔާ ކުރަނީ

އިންޑިއާއިން ސްރީލަންކާއަށް ކޮވިޑް-19 ގެ ފަސްލައްކަ ޑޯޒް ހަދިޔާ ކުރަން ވަނީ ނިންމައިފައެވެ. އެގޮތުން މި ޝިޕްމަންޓް މިއަދުގެ ވަގުތެއްގައި އެއާ އިންޑީއާގެ މަތިންދާ ބޯޓުން ސްރީލަންކާ އަށް ގެންދެވޭނެއެވެ.

އެއާއެކު، ސްރީލަންކާ ވެގެންދާނީ އިންޑީއާއިން ކޮވިޑް-19 ގެ ވެކްސިން ހަދިޔާ ކުރާ އަށްވަނަ ޤައުމަށެވެ.

އިންޑިއާއިން ހަދިޔާ ކުރާ ވެކްސިން ޝިޕްމަންޓް ސްރީލަންކާއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ މައި އެއާޕޯޓު ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އަދި މި ވެކްސިން އެ ޤައުމަށް ހަދިޔާކުރާނީ، ސްރީލަންކާއަށް ހަމަޖައްސާފައިވާ އިންޑިއާގެ ހައި ކޮމިޝަނަރއެވެ.

އެސްޓްރަޒެނެކާއިން ތަރައްގީކޮށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފެއްދި "ކޮވިޝީލްޑް" ވެކްސިންގެ ޝިޕްމެންޓްތަކެއް އިންޑިއާއިން ވަނީ ބައެއް އެ ސަރަހައްދުގެ ބައެއް ގައުމުތަކަށް ހަދިޔާކޮށްފައެވެ.

މި ގައުމުތަކުގެ ތެރޭގައި، ދިވެހިރާއްޖެ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، މިޔަންމާ، ސީޝެލްސް، އަދި މޮރިޝިއަސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ