ޖޯނީ އާއި ނުލާ "ޕައިރެޓް އޮފް ދި ކެރިބިއަންސް" ކުރިއަށް ގެންދަން މިސްރާބު ޖަހާފައި!

ޑިޒްނީގެ ވިސްނުން އަދިވެސް ހުރީ އެކްޓަރ ޖޯނީ ޑެޕް އާއި ނުލާ، މަޝްހޫރު ފްރެންޗައިޒް، "ޕައިރެޓް އޮފް ދި ކެރެބިއަންސް" ކުރިއަށް ގެންދަން ކަމަށް ހޮލީވުޑްގެ ފަހުގެ ރިޕޯޓުތައް ބުނެފިއެވެ.

"ޕައިރެޓް އޮފް ދި ކެރެބިއަންސް" މަޝްހޫރު ވުމުގެ އަސްލަކީ، މި ފްރެންޗައިޒްގައި ޖޯނީ ޑެޕް ކުޅެދީފައިވާ ރޯލު "ކެޕްޓަން ޖެކްސްޕެރޯ" ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ.

މި ފްރެންޗައިޒްގެ 5 ފިލްމެއް ފެނިގެންގޮސްފައިވާއިރު، ކުރިއަށް ނުކުންނަށް އިއުލާންކޮށްފައިވާ ފިލްމުން ޖޯނީ ޑެޕް ވަނީ ވަކިކޮށްފައެވެ. ޑިޒްނީއިން ޖޯނީ، މި ފިލްމުން ވަކިކޮށްފައިވަނީ، ޖޯނީ އަކީ، "އަނބިންނަށް އަނިޔާކުރާ" މީހެއް ކަމުގައި ބުނެ ބްރިޓިޝްގެ ނޫސް، "ދަ ސަން" އިން ލިޔެފައިވާ އާޓިކަލްއާއި ދެކޮޅަށް ކުރި ދައުވާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނާކާމިޔާބުވުމާއި ގުޅިގެންނެވެ.

މި ފިލްމްގެ އިތުރުން، ކާމިޔާބު ސިލްސިލާ ފިލްމް "ފެންޓާސްޓިކް ބީސްޓް"އިންވެސް ޖޯނީ ޑެޕް ވަނީ ވަކިކޮށްފައެވެ.

" ޕައިރެޓް އޮފް ދި ކެރިބިއަންސް" ގައި ޖޯނީ ޑެޕް ކުޅެފައިވާ ރޯލަށް ފޭނުންގެ ތަރުޙީބު ބޮޑުނަމަވެސް، ޑިޒްނީއިން އަދިވެސް ރާވާފައި އޮތީ ޖޯނީ ޑެޕް އާއި ނުލާ މި ފްރެންޗައިޒް ކުރިއަށް ގެންދަން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ޑިޒްނީއިން "ޕައިރެޓް އޮފް ދި ކެރިބިއަންސް"ގެ ހަވަނަ ފިލްމެއް ހަދާއިރު، މި ފިލްމްގެ ސީރީޒެއް ވެސް ކުރިއަށް އޮތްތާގައި ހަދަން ވަނީ ނިންމައިފައެވެ.

މި ފްރެންޗައިޒްގެ ހަވަނަ ފިލްމެއް ހަދާއިރު، މި ފިލްމްގައި ފެނިގެންދާނީ އަންހެން ޕައިރޭޓް އެއްކަމަށް ވާހަކަ ދެކެވިފައިވެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ