ޖޯނީ ޑެޕްއަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑެއް ލިބެނީ

ސްޕެއިންގެ ސޭން ސަބޭސްޓިއަން އިންޓަނޭޝަނަލް ފިލްމް ފެސްޓް އިން ހޮލީވުޑްގެ ކުޅަދާނަ އެކްޓަރ ޖޯނީ ޑެޕްއަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑެއް ދިނުމަށް ނިއްމައިފިއެވެ.

މި ފިލްމް ފެސްޓިވަލްގެ އެންމެ ޝަރަފްވެރި އެވޯޑު، "ޑޮނޮސްޓިއާ އެވޯޑް" ޖޯނީ ޑެޕަށް ދިނުމަށް ނިންމައިފައި ވަނީ ފިލްމީ ދުނިޔެއަށް އޭނާ ކޮށްދީފައިވާ މަސައްކަތުގެ އަގު ވަޒަންކޮށެވެ.

ސޭން ސަބޭސްޓިއަން އިންޓަނޭޝަނަލް ފިލްމް ފެސްޓުން ޖޯނީ ޑެޕްއަށް މި އެވޯޑު ދިނުމަށް ނިންމައިފައި މިވަނީ، ޖޯނީގެ ކުރީގެ އަންހެނުން އެމްބަރ ހެޑް އާއި ދެމެދު ހިނގާދިޔަ މައްސަލައިގައި އޭނާއަށް ނާކާމިޔާބުވެ، ކޯޓުން އޭނައާއި ދެކޮޅަށް މައްސަލައެއް ނިންމައިފައި ދަނޑިވަޅެއްގައެވެ.

އެމްބަރ އާއި ޖޯނީ ޑެޕްގެ ކައިވެނި 2017 ވަނަ އަހަރު ނިމުމަކަށް އައި އިރު، އެމްބަރ ހެޑް ވަނީ ޖޯނީ އާއި ދެކޮޅަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ.

ކޯޓުގައި މި މައްސަލަތައް ތަންފީޒުކުރަމުން ދިޔައިރު، ޔޫކޭ ގެ ނޫހެއްގައިމުގައިވާ ދަ ސަން އިން" ވައިފް ބީޓަރ' ގެ ނަމުގައި ޖޯނީއާއި ދެކޮޅަށް ލިޔުނު އާޓިކަލް އަކާއި ގުޅިގެން ޖޯނީ ވަނީ އެ ވާހަކަތައް ދޮގުކޮށް އެ ނޫހާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ކޯޓަށް މައްސަލަ ލައިފައެވެ.

ނަމަވެސް ކުރީގެ އަންހެނުން އެމްބަރ ހެޑްއަށް އަނިޔާކުރިކަމަށް ބުނެ، ބްރިޓިޝްގެ ނޫސް، "ދަ ސަން" އިން ލިޔެފައިވާ އާޓިކަލްއާއި ދެކޮޅަށް ކުރި ދައުވާ ޖޯނީ އަށް ވަނީ ނާކާމިޔާބުވެފައެވެ. އަދި ކޯޓުން ނިންމައިފައިވަނީ، ޖޯނީ އޭނަގެ އަންހެނުން އެމްބަރ ހެޑްއަށް އަނިޔާ ކުރި ކަމަށެވެ.

މިކަމުގެ ސަބަބުން ވާނާ ބްރަދާސްގެ ކާމިޔާބު ސިލްސިލާ ފިލްމް "ފެންޓާސްޓިކް ބީސްޓް" ގައި ޖޯނީ ޑެޕް އަހަރުތަކެއް ވަންދެން އަދާކުރި ރޯލުން އޭނާ ވަނީ ވަކިކޮށްފައެވެ.

ސޭން ސަބޭސްޓިއަން އިން ޖޯނީއަށް ލައިފް ޓައިމް އެޗީވްމެންޓް އެވޯޑެއް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 22 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ