އޮންލައިން އެންޓަޓެއިނިން ޕްލެޓްފޯމު "ޓިކްޓޮކް"، އިންޑިއާގައި ބޭނުންކުރުން މަނާކުރުމުގެ ސަބަބުން، ޓިކްޓޮކްގައި މަސައްކަތްކުރާ އިންޑީއާ މުވައްޒަފުން މަދުކުރަން ނިންމައިފިއެވެ.
ޓިކްޓޮކް އިން މޮގޮތަށް މި ނިންމީ، އިންޑީއާގައި ޓިކްޓޮކް ބޭން ކޮށްފައި އޮންނަތާ މިހާރު ގާތްގަނޑަކަށް ހަތް މަސްދުވަސް ވެފައި ވަނިކޮށެވެ.
ޓިކްޓޮކްއިން އިއްޔެ އިއުލާނެއްގައި ބުނީ، އެ ކުންފުނީގައި މަސައްކަތްކުރާ ގާތްގަނޑަކަށް ދެހާހެއްހާ އިންޑިއާ މުވައްޒަފުންގެ އަދަދު މަދުކުރަން ނިންމައިފިކަމށެވެ.
ޓިކްޓޮކް އަކީ، އިންޑިއާގައި ބޭނުންކުރުން އެ ގައުމުގެ ސަރުކާރުން މަނާ ކުރި ޗައިނާގެ 59 އެޕްލިކޭޝަން ތެރޭގައި ހިމެނޭ އެޕެކެވެ. އަދި ޓިކްޓޮކް އަކީ އިންޑިއާގައި އެންމެ ގިނަ މީހުން ބޭނުންކުރަމުން އަންނަ އެޕްލިކޭޝަންވެސް މެއެވެ.
ޓިކްޓޮކް އިން ބުނީ، އެޕްލިކޭޝަން އިންޑިއާގެ ގަނޫނާއި ގަވާއިދުތަކަށް ފެއްތުމަށް އިންޑީއާގެ ސަރުކާރާއެކު ސުލްހަވެރިކަމާއެކު ފާއިތުވި ދުވަސްތަކުގައި މަސައްކަތް ކުރެވިއްޖެކަމަށެވެ.
ނަމަވެސް، ހަތް މަސް ފާއިތުވެގެން ދިޔައިރުވެސް، އެ ގައުމުގައި އެޕްލިކޭޝަން އަލުން ބޭނުންކުރެވޭނެ ގޮތުގެ ސާފު މަގެއް ސަރުކާރުން ނުދައްކަދިނީތީ ވަރަށް މަޔޫސްވެއްޖެކަމަށް ޓިކްޓޮކް އިން ހާމަކުރިއެވެ. އަދި އެ ކުންފުނީގައި މަސައްކަތްކުރާ ދެހާހަށްވުރެ ގިނަ އިންޑިއާ މުވައްޒަފުންނަށް އަހަރަކަށްވުރެ ގިނަ ދުވަހު އެއްބާރުލުމުން ދިނުމުންވެސް އެމީހުްނނަށް އަލިމަގެއް ނުހޯދަދިނީތީ، ވަތަށް ހިތާމަކުރާކަމަށެވެ.
އެހެންކަމުން، އިންޑިއާގެ މުވައްޒަފުންގެ އަދަދު މަދުކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ޓިކްޓޮކް އިން ހާމަކުރިއެވެ.



