އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ - ފޮޓޯ: ރައީސް އޮފީސް

އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ވަގު ޓިކްޓޮކް އެކައުންޓެއް!

އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ވަގު ޓިކްޓޮކް އެކައުންޓެއް ހިންގަމުންދާކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ޓިކް ޓޮކްގައި “educationministrymv”ގެ ނަމުގައި ހަރަކާތްތެރިވާ މި އެކައުންޓަކީ މި މިނިސްޓްރީގެ އެކައުންޓެއް ނޫންކަމަށެވެ.

“educationministrymv”ގެ ނަމުގައި ޓިކްޓޮކްގައި ހަރަކާތްތެރިވަމުންދާ މިއެކައުންޓު މިހާރުވެސް 1543 މީހުންވަނީ ފޮލޯ ކޮށްފައެވެ. އަދި 99 މީހަކު އެއެކައުންޓުން ފޮލޯ ކުރެއެވެ. މިހާތަނަސް އެއްވެސް ވީޑިއޯއެއް ޕޯސްޓުކޮށްފައިނުވާ މިއެކައުންޓަކީ އެޑިއުކޭޝަން މިނިސްޓްރީގެ އެކައުންޓެއް ނޫންކަމަށް އެމިނިސްޓްރީން ބުނެއެވެ.

ޓިކްޓޮކަކީ ދިވެހި ޒުވާނުންގެ ތެރޭގައި ވަރަށް މަޤުބޫލް ޕްލެޓް ފޯމަކަށްވާއިރު، ތަފާތު މަސައްކަތްތަކާއި ފަހުގެ ޚަބަރުތައް ގެނެސްދިނުމުގެ ގޮތުން ބައެއް އިދާރާތަކުންވެސް ޓިކްޓޮކްގައި އަންނަނީ ހަރަކާތްތެރިިވަމުންނެވެ.

އެގޮތުން ދިވެހިބަހުގެ އެކެޑަމީ އާއި ރައްޔިތުންގެ މަޖިލީހުންވެސްވަނީ ޓިކްޓޮކް އެޕްލިކޭޝަންގައި އެކައުންޓެއް ހުޅުވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ