ޔޫތު މިނިސްޓަރ މަޙުލޫފްވެސް ޓިކްޓޮކަށް!

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްވެސް ޓިކްޓޮކް ބޭނުން ކުރަން ފަށައިފިއެވެ.

ޒުވާނުންގެ މެދުގައި ކުރު ވީޑިއޯތައް ތައްޔާރުކުރުމުގައި މަޤުބޫލްކަށް ލިބިފައިވާ ޓިކްޓޮކަށް މަޙްލޫފު އެކައުންޓެއް ހުޅުވާފައިވާއިރު، ރާއްޖޭގެ ބައެއް އިދާރާތަކުންނާއި، އެކި ކުންފުނިތަކުންވެސް ގެންދަނީ ޓިކްޓޮކްގައި ހަރަކާތްތެރިވަމުންނެވެ. އޭގެތެރޭގައ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ފާހަގަކޮށްލެވެއެވެ.

މިނިސްޓަރ މަހްލޫފް ޓިކްޓޮކް ބޭނުން ކުރަން ފަށާފައި ވަނީ އިއްޔެ އެވެ. މިހާތަނަށް ދެ ވީޑިއޯއެއް މަޙްލޫފް ޕޯސްޓުކުރައްވާފައިވާއިރު، މިނިސްޓަރ އެކައުންޓަށް މިހާތަނަށް 220 ލައިކް ލިބިފައިވެއެވެ. އަދި 219 މީހަކު މިނިސްޓަރ އެކައުންޓް ފޮލޯ ކޮށްފައިވެއެވެ.

މީގެއިތުރުން މިނިސްޓަރ މަހްލޫފްގެ އެކައުންޓް ޓިކްޓޮކްގައި ވެރިފައިވެސްކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. ފުރަތަމަ ރާއްޖޭގައި ޓިކްޓޮކް އައިޑީއެއް ވެރިފައިވުމުގެ ޝަރަފު ލިބިފައިވަނީ އެކްޓަރު އަލީ ސީޒަނަށެވެ. ދެން އެއަށްފަހު އެކްޓްރެސް މަރިޔަމް އައްޒައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ