ސްވިޒަލެންޑްގައި އެސިމްޕްޓޮމެޓިކް ޓެސްޓިންގ ނުވަތަ ކޮވިޑް-19 ގެ އަލާމާތްތައް ނުފެންނަ ފަރާތްތައް ކޮވިޑަށް ޓެސްޓުކުރުމަށް އެއް ބިލިއަން ޑޮލަރަށްވުރެ ގިނައިން ހޭދަކުރަން ތައްޔާރަށް އޮތްކަމަށް އެ ގައުމުން ބުނެފިއެވެ.
އެ ގައުމުގެ ހެލްތް މިނިސްޓަރ އެލެއިން ބަރސެޓް ބުނިގޮތުގައި، ޮވިޑް-19 ގެ އަލާމާތްތައް ނުފެންނަ މީހުން އަ ގައުމުން ޓެސްޓުކުރުމަށް ހޭދަވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރާ ބަޖެޓަކީ، ގާތްގަނޑަކަށް 1.12 ބިލިއަން ޑޮލަރެވެ.
އެ ގައުމުގެ ސަރުކާރުން ބުނިގޮތުގައި، ކޮވިޑް-19 ބަލި ފެތުރުމުގައި އެންމެ ބޮޑު ސަބަބަކީ އަލާމާތްތައް ނުފެންނަ މީހުންނެވެ. އެގޮތުން ބަލި ޖެހޭމީހުންގެ ދެބައި ކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ބަލި ޖެހެނީ، އަލާމާތްތައް ނުފެނި، އެމީހުންގެ ގައިގައި ބަލި ހުރިކަން ނޭނގޭ މީހުންގެ ފަރާތުންކަން ޤައބޫލުކުރެވޭ ކަމަށް ސްރީލަންކާގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.
އެސިމްޕްޓޮމެޓިކް ޓެސްޓިންގ ސަބަބުން އެކިތަންތަނުގައި ބަލީގެ އައުޓްބްރޭޚެއް އައިސްފައިވާ އަސްލުވެސް ދެނެގަނެވޭނެކަމަށް އެގައުމުގެ ސަރުކާރުން ދެކެއެވެ.
ސްވިޒަލެންޑްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު އުޅެނީ ފަސްލައްކައިން މަތީގައެވެ.




