ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުން ވިޔަފާރިކޮށްގެން ފައިސާގެ އަގުބޮޑެތި އިނާމުތައް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލް އިން ވިދާޅުވީ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް އެ ބޭންކް އިން މިއަދު ފަށާފައިވާކަމަށެވެ.
މި ޕްރޮމޯޝަނުގައި ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބިގެންދާނެކަމުގައި އެ ބޭންކް އިން ވަނީ ވިދާޅުވެފައެވެ. މި ގޮތަށް 9 ހަފްތާގައި ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ގިފްޓްކާޑެއް ދިނުމަށްވެސް އެބޭންކް އިން ވަނީ ހަމަޖައްސާފައެވެ.
މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 2021 ޖަނަވަރީ 28 އިން ފެށިގެން 2021 މާރިޗު 28 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި ހިމެނުމަށް ހަމަޖެހިފައިވަނީ ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ރާއްޖޭގައި ކުރާ ވިޔަފާރި މުއާމަލާތްތަކެވެ.




2 Responses
ސެން ފެށޭނީ މަކަރާއި ޙީލަތުން ޖަލުގަ ތިބޭމީހުން ބީއެމްއެލް ނަމުގަ އެކި މީހުންނަށް ގުޅާގެން ބޮޑެތި އަދަދުން ލާރި ހޯދާ މައްސަލަ. މީ މިހާރުވެސް ރާއްޖޭގަ ހިނގަމުން އަންނަ ކަމެއް. އެންމެންވެސް ސަމާލުވާންޖެހޭ މިފަދަ ކަންތައްތަކާމެދު.
ވަގު ބޭންކު..މުޅި މެނޭޖުމަންޓު ބަދަލު ކުރަން ޖެހޭ.