ލޮކްޑައުންއާއި ދެކޮޅަށް ލެބަނާނުގައި ކުރާ މުޒާހަރަގައި ސަރުކާރު އިމާރާތްތަކުގައި ރޯކޮށްލައިފި

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ލެބަނާނުގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އާއި ދެކޮޅަށް ކުރާ މުޒާހަރާތަކުގައި އެގައުމުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޓުރިޕޮލީގައި ހުއްނަ ސަރުކާރު އިމާރާތްތަކުގައި ރޯކޮށްލައިފިއެވެ.

ލޮކްޑައުން އާއި ދެކޮޅަށް ކުރާ މުޒާހަރަތައް ހަތަރުވަނަ ދުވަހަކަށް ދިގުދެމިގެން ގޮސްފައިވާއިރު އިއްޔެ ކުރި މުޒާހަރާތަކުގައި އެކަނިވެސް 100 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ލެބަނީސް ރެޑްކުރޮސް އިން މައުލޫމާތު ދެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓުރޯލް ކުރުމަށް ލެބަނާނުގައި ކާރފިއު އިއުލާން ކޮށްފައިވަނީ މިމަހުއެވެ. އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ މަސައްކަތްތެރިން ފިޔަވައި އެހެން ފަރާތްތައް ގޯތިގެދޮރުން ނުކުތުން ލެބަނާނުގައި މަނާކޮށްފައިވާއިރު އެމީހުން ބަރޯސާވާން ޖެހިފައިވަނީ ސުޕަރމާކެޓުތަކުން ފޯރުކޮށްދޭ ކާބޯތަކެއްޗަށެވެ.

ލެބަނާނުގައި ވަޒީފާ ނުލިބުމުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. މިގޮތުން އެގައުމުގެ މަސައްކަތްތެރީންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން މިހާރުވެސްތިބީ ވަޒީފާއެއް ނެތި އާންމުދަނީގެ ގޮތުގައި އެއްވެސް އެއްޗެއް ލިބޭނެ މަގެއް ނެތިއެވެ.

ސަރުކާރުގެ ފަރާތުން 230،000 އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައިމީހުން އުޅެމުންދަނީ ފަގީރު ހާލުގައެވެ. 2019ގެ ތަފާސްހިސާބުތައް ދައްކާގޮތުން ލެބަނާނުގެ އާބާދީއަކީ 6.856 މިލިއަން މީހުންނެވެ.

އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވާރސިޓީގެ ތަފާސްހިސާބު ދައްކާ ގޮތުން ލެބަނާނުގެ ތިންލައްކައާއި ގާތްކުރާ އަދަދަކަށް މީހުންނަށްވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި މިބަލީގައި 2،600 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ