ކޮވިޑް-19 އަށް އިތުރު ވެކްސިނެއް، ނަތީޖާ ރަނގަޅު

ކޮވިޑް-19 އާއި ދެކޮޅަށް މުޅިން އާ ވެކްސިނެއް އުފައްދައި އެ ވެކްސިންގެ ނަތީޖާ ރަނގަޅު ކަމަށް ޓެސްޓުތަކުން ދައްކައިފިއެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ނޮވަވެކްސް އިން އުފެއްދި ކޮވިޑް-19 ވެކްސިންގެ ފޭސް ތިނެއްގެ އެކްސްޕެރިމެންޓަލް ޓުރައިލްގެ ނަތީޖާ ދައްކާގޮތުން ނޮވަވެކްސް ވެކްސިނުން 89.3 އިންސައްތައިގެ ރައްކާތެރިކަން ފޯރުކޮށްދެއެވެ.

ފޭސް ތިނެއް އެކްސްޕެރިމެންޓަލް ޓުރައިލްގައި އިނގިރޭސިވިލާތުން 15،000 މީހުން ބައިވެރިވެފައި ވާއިރު މި މީހުންގެ އުމުރުފުރާ އުޅެނީ 18 އަހަރާއި 84 އަހަރާއި ދެމެދެވެ. މީގެތެރެއިން 27 އިންސައްތަ މީހުންނަކީ އުމުރުން 65 އަހަރުންމަތީގެ މީހުންނެވެ.

އިނގިރޭސިވިލާތުން މި ވެކްސިންގެ 60 މިލިއަން ޑޯޒަސް އަށް އޯޑަރ ކޮށްފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި އެގައުމުގެ މެޑިސިން ރެގިއުލޭޓާރސް އިން ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ތަހުލީލުތައް ކުރިއަށް ގެންދާނެއެވެ.

މިހާތަނަށް އެމަރޖެންސީ ހާލަތުގައި ބޭނުން ކުރުމަށް އިނގިރޭސިވިލާތުންވަނި ތިން ވެކްސިނަކަށް ހުއްދަ ދީފައެވެ. މި ތިން ވެކްސިނަކީ ފައިޒާ ވެކްސިން، އެސްޓްރަ ޒެނަކާ ވެކްސިން އަދި މޮޑާރނާ ވެކްސިނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ