މާމިގިލީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
މި މާރާމާރީ ހިނގާފައި ވަނީ ރޭ އިރާކޮޅު 7:00 ހާއިރުއެވެ.
އެރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކާއި ހަވާލާދީ "ވަގުތު" ނޫހުގައި ބުނެފައިވަނީ، އެ މާރާމާރީގައި ޒަހަމްވެފައި ވަނީ 24 އަހަރުގެ މީހަކަށް ކަމަށެވެ. އަދި އޭނާގެ ބޮލުގެ ތޫނު އެއްޗަކުންް ހަމަލާ ދީފައި ވާ ކަމަށާއި، ގައިގެ އެކި ތަންތަނުގައިވެސް ޒަހަމްތަކެއް ހުރި ކަަމަށެވެ.
އޭނާގެ ހާލު ރަނގަޅު ނަމަވެސް އޭނާގެ ސީޓީސްކޭން ހެދުމަށް މާލެ ފޮނުވާލުމަށް ޑޮކްޓަރުން ވަނީީ ލަފާ ދީފައެވެ.
ފުލުހުން ވިދާޅުވީ، މާމިގިލީގައި މީހެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގި މައްސަލައެއް ރޭ 19:40 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މާރާމާރީގައި އަނިޔާވެފައިވާ މީހާއަށް ހެލްތް ސެންޓަރުގައި ފަރުވާދެމުންދާ ކަމަށާއި، މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކުން އޭނާގެ ބޮލުން ދެތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



