އިދިކޮޅުން ނުކުތީ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރަންކަމަށާއި އެކަމަކު ކަކުލުގައި ރިއްސައިގަތީ އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެހުރި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ވައްޑޭ މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ބުދަ ދުވަހު އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ އިޙްތިޖާޖުގެ ތެރެއިން އަބްދުއްރަޙީމްއާއި ޝުޖާޢު ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައި ވަނިކޮށެވެ.
މި ދެބޭފުޅުންވެސް ހައްޔަރު ކޮށްފައި ވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާ ކުރި ކޮވިޑް ވެކްސިން ކަމަށްވާ ކޮވިޝީލްޑްއާއި ދެކޮޅަށް އިދިކޮޅުން ކުރިޔަށް ގެންދިޔަ އިހްތިޖާޖެއްގެ ތެރެއިންނެވެ.
މުޒާހާރާގައިހައްޔަރު ކޮށްފައި ވީނަމަވެސް މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން މި ދެ ބޭފުޅުންވެސް ވަނީ ދޫކޮށްލާފައެވެ.
މިކަމާއި ގުޅިގެން އަދުރޭ ވިދާޅުވެފައި ވަނީ އެބޭފުޅާ ހައްޔަރު ކޮށްފައި ވަނީ ޤަވައިދުތަކާއި ޤާނޫނާއި ޚިލާފަށްކަމަށެވެ.
"އަޅުގަނޑު އިނީ ހަމަ ވަރަށް ރީއްޗަށް މަގުމަތީގައި އިށީނދެގެން، އަޅުގަނޑުގެ ކަކުލަށް ތަދުވާތީ މަޑު މަޑުން އެތާ ޖައްސާލީ" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމިންގެ އިސްތިޢުނާފުގެ ޙުކުމް އެމަނިކުފާނާއި ދެކޮޅަށް އިއްވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މަގުމަތީގައި ކުރަމުންދާ މުޒާހަރާތައް ވަނީ އިތުރުކޮށްފައެވެ.
އެގޮތުން މީގެ ކުރިންވެސް މުޒާހަރާއެއްގެ ތެރެއިން އެކޯލިޝަންގެ ލީޑަރޝިޕްގެ ގިނަ ބަޔަކު ހައްޔަރުކޮށްފައި ވެއެވެ. ނަމަވެސް މި އެންމެންވެސް ވަނީ ދޫކޮށްލާފައެވެ.




ހިޔާލު
manikufaanuge kakulakee amilla kakuleh noon. hedhdhevifaraathun dhevvi kakuleh. mihindhunveskashigandu vissivihaalivegen dhiumah kulhadhunvantha. Eee aharemenge dheen gaboolukuraa goiy. Manikufaanakeekonathegge meeheh kameh neygey. Dheragothehdhimaavumakee e meehakah ves vedhaanekameh. Thiyahen adhi gondieh libunas aasmaan ah eruneekee noon. Maadhamaaves rayyithun noonekey buneema hunnaaanee kudakakoo fenifa.