ހެޔޮވަރު ބަދަލެއް ލިބިލެއްވުމާ ގުޅިގެން ނަމަވެސް، އިބްރާ އަލުން ނުކުމެ ބާރަށް އުޅުއްވަން ފެއްޓެވީތީ އުފާކުރާކަމުގައި މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ވައްޑޭ މިހެން ވިދާޅުވީ އެމްޑީޕީއަކީ ޤައުމަށް އޮތް ނުރައްކަލަކަށް އެބަވާކަމުގައި އެޕާޓީގެ ފުރަތަމަ ރައީސް އިބްރާޙިމް އިސްލާޢިލް (އިބްރާ) ވިދާޅުވުމާއި ގުޅިގެންނެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި މިހާރު ވެރިކަން ކުރަމުން އަންނަ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީ އިން އެޕާޓީގެ 16 ވަނަ އަހަރީ ދުވަހާއި ގުޅިގެން އޮންލައިން ނޫސް އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އިބްރާ ވިދާޅުވީ، އެމްޑީޕީ އުފެއްދީ ރައްޔިތުންގެ އެތައް ހައްގުތަކެއް ގެއްލިފައިވާތީ ތާއަބަދަށް ހައްގުތައް ކަށަވަރު ކޮށްދިނުމަށް އޭނާއާއި އެތައް ބަޔަކު ކުރި ބުރަ މަސައްކަތުން ކަމަށެވެ.
އެގޮތުން ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދައިދިނުމާއި، ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމާއި، އަނިޔާވެރިކަން ނިމުމަކަށް ގެނައުމާއި، އަދުލު އިންސާފު ގާއިމު ކޮށްދިނުމާއި، ތާހިރު ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަކީ އެމްޑީޕީން ވަކާލާތު ކުރި މުހިއްމު އަސާސްތަކެއްކަމުގައި އިބްރާ ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ސްޕަރ މެޖޯރިޓީ އެމްޑީޕީއިން ހޯޑާފައިވާއިރު، މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދަށް، ިއިބްރާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން އިބްރާ ވިދާޅުވީ ރައީސް ނަޝީދު ވެރިކަމަށް އައުމަށް ޖަހަމުން އަންނަ ސަކަރާތްގަނޑު ހުއްޓައިގެން ނޫނީ ދެން އެމްޑީޕީގެ މަގުސަދުތައް ހާސިލް ނުކުރެވޭނެކަމަށެވެ.
އިބްރާގެ މި ވާހަކަ ފުޅުތަކާއި ގުޅިގެން ވައްޑޭ ވިދާޅުވީ އޭނައަށް ހެޔޮވަރު ބަދަލެއް ލިބިލެއްވުމާ ގުޅިގެން ނަމަވެސް، އިބްރާ އަލުން ނުކުމެ ބާރަށް އުޅުއްވަން ފެއްޓެވީތީ އުފާކުރާކަމަށާއި، އިބްރާ އެމަސައްކަތުގައި (ކޮންމެވެސް ތާކު) ކޮންމެހެންވެސް އިންނަވަން ޖެހޭނެކަމަށެވެ.
އެމްޑީޕީ އިން އެޕާޓީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަ ކުރައްވަމުން އަންނައިރު، އެޕާޓީ އެތެރޭގައި ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.





2 Responses
Vahdey kaleytheekaaku iburaayaa hamayah annan kaleyah adhibeynun dhihagarunu hayaahkuda ladhukobaa kaleyge.
މިހިރަ ބީތާޔާ …….އިބުރާ ރުޅިއައީ ލާރިގަނޑު ނުދީގެން. ކަލޭމެނަށް ބައެއް ނޭޅޭތަ؟ .