މޫސުން ގޯސްވެ ގއ. އަތޮޅުން އައްޑޫ ސިޓީއަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށެވެ.
މެޓް އޮފީހުން އެ ސަރަހައްދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައިވަނީ، މިއަދު ހެނދުނު 09:00 އިން މެންދުރު 14:00 އާއި ހަމައަށެވެ.
ކުރިއަށް ވަގުތު ތަކުގެ މޫސުން ލަފާކޮށް މެޓް އފިޙުން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަށެވެ އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
White Alert for heavy rain and thunderstorms. pic.twitter.com/5y6IwzZeFt
— Maldives Meteorology (@MetMaldives) January 30, 2021
"ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މީގެ އިތުރުން، އެންމެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.




2 Responses
ގއ.އަތޮޅުން އައްޑޫ އަށް ފޮޑިއެއް ޖަހައިފި.އަކުރު ނޭނގޭ މީހުން ނުލިޔަންވީނު. އަނެއްކާ ލަދެއްވެސް ނުގަންނާނެ.
ގއ.އަތޮޅުން އައްޑު އަތޮޅަށް ފޮޑިއެއް ޖަހައިފި.ޚަބަރު ލިޔަން ނޭނގޭނަމަ ނުލިޔަންވީނު. އަސްލުގައިވެސް ނޭނގެނީ.