ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގައި އިމްރާން ވޯޓު ލައިފި

އަދާލަތު ޕާޓީގެ ރައީސާއި ނައިބް ރައީސް ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބުގައި، އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވޯޓު ލައިފިކަމަށް ވިދާޅުވެއްޖެއެބެ.

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބު ކުރިއަށް ދަނީ މިއަދުއެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއއަދު ކުރިޔަށްދާ އަތާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވޯޓު ލައިފިން ކަމަށެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ، މި އިންތިހާބުގައި އަދާލަތު ޕާޓީގެ ހުރިހާ މެންބަރުން ބައިވެރިވެ ވަޑައިގެން ކުރިއަށް އޮތް ފަސް އަހަރަށް ޕާޓީ ހިންގުމުގެ ޒިންމާ ހަވާލު ކުރާނެ މީހަކު ކަނޑައެޅުމުގައި ބައިވެރިވެ ވޯޓު ލުމަކީ މުހިއްމު ކަމެއްކަމަށެވެ.

މި އިންތިހާބު މިއަދު ކުރިޔަށްދާއިރު،  ޕާޓީގެ ރައީސްކަމަށް އިމްރާން އާއެކު ވާދަކުރައްވަނީ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ