ޕީީޕީއެމްގެ ސައެންޓިސްޓުން ވެކްސިނެއް ތައްޔާރު ކޮށްދިންނަމަ މާ ފަސޭހަވީސް: ޔުމްނާ

ޕީީ.ޕީ.އެމްގެ ސައެންޓިސްޓުންގެ ޓީމުން ޕީޕީ.އެމްގެ ލެބްގައި ވެކްސީންއެއް ތައްޔާރު ކޮށްދެއްވި ނަމަ ރައްޔިތުންނަށް މާ ފަސޭހަވާނެ ކަމަށް މިނިސްޓަރ ފޯރ އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޗް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މައުމޫން މިހެން ވިދާޅުވެފައިވަނީ މިހާރު ނޫހުގައި، "ވެކްސިން ސިޔާސީކުރަން ދެ ނައިބުންގެ ދޮގު!" މި ނަމުގައި ލިޔެފައިވާ މަޒުމޫނެއް މީސްމީޑިއާ ވެބްސައިޓު ޓުވިޓާގައި ހިއްސާކުރައްވަމުންނެވެ.

މި މަޒުމޫނު ހިއްސާކުރައްވަމުން ޔުމްނާ މައުމޫން ލިޔުއްވައިފައިވަނީ، "ޕީީ.ޕީ.އެމް ގެ ސައެންޓިސްޓުންގެ ޓީމުން ޕީޕީ.އެމް ގެ ލެބްގައި ވެކްސީންއެއް ތައްޔާރު ކޮށްދެއްވި ނަމަ ރައްޔިތުންނަށް މާ ފަސޭަހަ ވީސް ނޫންތޯ؟" މިހެންނެވެ.

ޔުމްނާ މައުމޫން ވެކްސިން މައްސަލައިގައި ޕީ.ޕީ.އެމް އަށް ރައްދުދީ މަލާމާތް ކުރައްވައިފައި މިވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ ކޮވިޑް ވެކްސިނަކީ މީހުން ގަޔަށް ޖެހުމަށް އެންމެ ރައްކާތެރި ވެކްސިނެއް ނޫންކަމަށް ވިދާޅުވެ ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިހާރުވަނީ ދީފައެވެ. ނަމަވެސް، ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް ހަމަ އެކަނި އެމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށެވެ.

މިލިޔުން ކިޔާލުމުން
123
ގުޅުންހުރި ލިޔުންތައް

7 Responses

  1. Meehaku

    Maumoon kuri aniyaa vaahaka dhahkaabala

  2. ހައްވަ

    ކޮންމެ އެއްޗެއް ކިޔަސް ޔާމީނު މީހުންނަށް އަނިޔާ ނުކުރާ ކަމަކަށް ނުހެދޭނެ!

  3. މީހެއް

    GLMD

  4. Hum

    Varah hayaahkuda vaahakaeh thee

  5. ކަތީބު

    ވަޒީފާގަ ދެމުހުރެވޭތޯ ލަދުހަޔާއްކުޑަކަމުން އަނގަ **ނީ އަމިއްލަ ކޮއްކޯއާ ދިމާލަ ބޮޑުބޭބެއާ ދިމާތިކުރަނީ ބޮޑު **ޑި.

  6. އައި

    ނަޒުލާ އޭ ބުނީ ހުއްދަ ނުދޭ ވާހަކަ..

  7. މައި

    ގޮތްކުޑަ ލަދުކުޑަ
    އަދިވެސް ވެރިކަމާ ކަމަނާވެސް ތިއުޅެނީ
    ބައްޕާފުޅު ރައްޔިތުންނަށްކުރިއަނިޔާ ރައްޔިތުން ބަނދާންނުނެތޭ އިނގޭ

    7
    3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ